އަންނަ އަހަރު ކައުންސިލްތަކުގެ ބްލޮކް ގްރާންޓަށް 2.5 ބިލިއަން، ސިޓީތަކަށް 20 އިންސައްތަ
އަންނަ އަހަރަށް ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓުގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީން ކަނޑައަޅައިފިއެވެ. މިއީ މި ހިނގާ އަހަރާ ދާދި އެއްވަރުގެ އަދަދެއް ކަމަށާއި، 2028 ވަނަ އަހަރާ ހަމައަށް މި އަދަދު 2.6 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް އެ މިނިސްޓްރީން ލަފާކުރެއެވެ. ކައުންސިލްތަކަށް ބަޖެޓު ދޫކުރުމުގައި އެންމެ ބޮޑު ހޭދައެއް ކުރަނީ ސިޓީ ކައުންސިލްތަކަށެވެ. އެގޮތުން ރާއްޖޭގެ ފަސް ސިޓީއަކަށް ބްލޮކް ގްރާންޓް ބަޖެޓުގެ 20 އިންސައްތަ ހޭދަކުރުމަށް ވަނީ […]