ކައުންސިލްތައް ހާއްސަ ވުޒާރާއެއް އުފެއްދެވުމަކީ ރައީސްގެ އެންމެ މުހިންމު ނިންމެވުން: ތުރާކުނު ރައީސް
ލޯކަލް ކައުންސިލްތައް ހާއްސަކޮށްގެން ސަރުކާރުގެ ވަކި ވުޒާރާއެއް އުފެއްދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި އެންމެ މުހިންމު ނިންމެވުންކަމަށް ހއ. ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ. އަލީ މިހެން ވިދާޅުވީ، ބުދަ ދުވަހުގެ ރޭ މާލޭގެ ދަރުބާރުގޭގައި އޮތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލޯކަލް ކައުންސިލްތަކަށް ދޭ ކަންގަތި އެވޯޑް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އަލީ ރައީސްކަމުގައި ހުންނެވި ތުރާކުނު ކައުންސިލަށް ވަނީ 2021 ވަނަ އަހަރު، ލޯކަލް...