ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މާދަމާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ''އެކްސް''ގައި ވިދާޅުވެފައިވާ ގޮތުގައި ރައީސް ޞާލިޙް މާދަމާ ޤައުމާ މިޚާޠަބު ކުރައްވާނެއެވެ. އަދި ރައީސް ޤައުމާ މުޚާޠަބު ކުރައްވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކަމަށް މިއުވާން ވިދާޅުވެފަވެއެވެ.

Ad
rt

ރައީސް ޤައުމާ މުޚާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ގައެވެ.

ރައީސް ޤައުމާ މުޚާތަބު ކުރައްވަން ހަމަޖެހުނުއިރު، މާދަމާ އަކީ ރާއްޖޭގެ ޖުމްހޫރީ ދުވަހެވެ.

މިއީ ރައީސް ޞާލިޙްގެ ދައުރުގައި ދެއްވާ އެންމެފަހު ޚިޠާބަށްވުން އެކަށީގެންވެއެވެ. ރައީސްގެ ދައުރު ހަމަވާނީ މި ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުއެވެ.