މާދަމާ ހެނދުނު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ، ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ގުރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑްގައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް މާދަމާ ކުރަން ޖެހޭ ކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ ހެނދުނު 6:30 އިން 7:30 އާއި ދެމެދު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެ ގޮތުން މަސައްކަތް ކުރިޔަށް ދާއިރު ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށާއި ކަރަންޓް ކެނޑޭނީ 10 ވަރަކަށް މިނެޓަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ކަރަންޓް ކެނޑޭނެ ކަމަށް ބެލެވިފައިވާ ސަރަހައްދުތަކަކީ
– ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދު
– ނަސަންދުރަ ހިމެނޭ ސަރަހައްދާއި، ކާނިވާ ސަރަހައްދު
– ގާކޮށި ފުލެޓާއި، އަރަބިއްޔާ ފުލެޓު ހިމެނޭ ސަރަހައްދު
– ގަޑިބުރު ސަރަހައްދާއި، މަޖީދީމަގު ފިނިޕާކު ހިމެނޭ ސަރަހައްދު
– މާފަންނު މަދަރުސާއާއި ދުނބުރި މިސްކިތް ހުންނަ ސަރަހައްދު

ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފައެވެ.