ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަ ޓްރެއިނިން ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިންނާ ސެޓްފިކެޓް ހަވާލު ކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފުއެވެ.
ސްޓެލްކޯގެ ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޓްރެއިނިން ހަތް މުވައްޒަފަކު ވަނީ ފުރިހަމަ ކޮށްފައެވެ.
މިއީ ސިވެކްއާއި ގުޅިގެން އެމްއެންޑީއެފްގެ ގިރިފުށީގައި ހިންގި ޓްރެއިނިން ޕްރޮގްރާމެކެވެ.
މިކުންފުނީގެ ސެކިއުރިޓީ އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސެކިއުރިޓީ އޮފިސާރސް ޓްރެއިނިންގ ފުރިހަމަ ކުރި ހަތް މުވައްޒަފަކަށް ވަނީ ސެޓެފިކެޓް ދެވިފައި. ސިވެކްއާއި ގުޅިގެން އެމްއެންޑީއެފްގެ ގިރިފުށީގައި ހިންގި މި ޓްރެއިނިންގ އާއެކު pic.twitter.com/sytLvgF5rx
— STELCO (@STELCOMALDIVES) June 27, 2022
ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމާއެކު އެ ކުންފުނީގެ ސެކިއުރިޓީ އޮފިސަރުންގެ މަސައްކަތް ކުރުމަށް ބޭނުންވާ އިލްމާއި ހުނަރު، އަދި ގާބިލުކަން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!