ސްޓެލްކޯއިން ކުރިއަށް ގެންދާ ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ ޕްރޮގްރާމް "އަވިކަތަ" އިފްތިތާހުކޮށްފިއެވެ.
ރޭ ބޭއްވި ސްޓެލްކޯގެ ރިހި ޔޫބިލް ހަފްލާގައި މި ޕްރޮގްރާމް ތައާރަފު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ސްޓެލްކޯއިން އަލަށް އެކުލަވާލި "އަވިކަތަ" ޕްރޮގްރާމަކީ ސޯލާ ޕެނަލް ހަރުކުރަން ގޭގެ ފުރާޅު ކުއްޔަށް ދީގެން ފަސޭހަކަމާއެކު އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދިނުމަށް ފެށި ޕްރޮގްރާމެެކެވެ. މި ސްކީމްގައި ބައިވެރިވުމަށް ގޭގެ ވެރިފަރާތުގެ ހުއްދަ އޮތުމާއި ފުރާޅުގައި މަދުވެގެން 100 އަކަފޫޓް ހުންނަން ޖެހޭއިރު ފުރާޅަށް ފަސޭހައިން އަވި ލިބުމާއި ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުންނަށް ޖެހޭނެކަމަށް ސްޓްލެކޯއިން ބުންޏެބެ.
އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮގްރާމްގައި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބައިވެރިވެވޭނެއެވެ. އަދި ފޯމް ހުށައަޅާ މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުން ބެލުމަށްފަހު ލޮކޭޝަން ދިރާސާކޮށް އެކަމަށް ހުށައަޅާ ފަރާތާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށްވެސް ބުންޏެވެ.
އެއްބަސްވުމަށްފަހު ސޯލަ ޕެނަލް ހަރުކޮށްދީ ކުލީގެ ފައިސާ ކޮންމެ މަހަކުވެސް ކަނޑައަޅާފައިވާ ބޭންކް އެކައުންޓަށް ސްޓެލްކޯއިމް ޖަމާކުރާނެއެވެ.
މި ސްކީމްގައި ބައިވެރިވާ ފަރާތްތަކަށް ސޯލާ ޕެނަލް ހަރުކޮށް މަރާމާތުކުރަން ޚަރަދުކުރާކަށް ނުޖެހޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!