މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެ ކުންފުނިން ބުނީ މާާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާއިރު، މާލޭގެ ކަރަންޓު ނެޓްވޯކް ސްޓޭބަލްް ކުރުމަށްޓަކައި އިތުރު ދެ ފީޑަރެއް ނިއްވާލަން ޖެހުނު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއާއެކު ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ނިވިފައިވާ ފީޑަރުތަކުގެ ތެރެއިން ދެ ފީޑަރު ފިޔަވާ އެހެން ހުރިހާ ފީޑަރެއް އެނަޖައިޒް ކުރެވިފައިވާ ކަމަށާއި، ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ބައެއް ހިސާބުތަކަށް އަލުން ކަރަންޓުދޭން ފެށިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް އެ ކުންފުނިން މާފަށް އެދެއެވެ.