ކ. މާފުށީގެ އިތުރު ދެ ސަރަހައްދެއްގައި ސްޓެލްކޯއިން ޓްރާންސްފޯމަރު ބަހައްޓައިފިއެވެ.

އެ ކުންފުނިން ބުނީ މިއީ މާފުށީގެ އިތުރުވަމުން އަންނަ ޑިމާންޑާއި އެއްވަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބެހެއްޓި ޓްރާންސްފޯމަރުތަކެއް ކަމަށެވެ.

Ad
rt

މި ޓްރާންސްފޯމަރުތަށް ކޮމިޝަން ކުރެވި މިހާރު ލޯޑްދެވިފައިވާ ކަމަަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

މާފުށީގެ ކުޑަ މިސްކިތާއި، ގެސްޓް ހައުސްތައް ހުންނަ ސަރަހައްދުގައި އަލަށް ބަހައްޓާފައިވާ މި ޓްރާންސްފޯމަރުތަކާއިއެކު، މާފުށީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އިތުރަށް ފުރިހަމަ ކުރެވި، އެކަމުގެ ފަސޭހަތައް މާފުއްޓަށް ލިބިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއަކީ މާފުށީގައި ކަރަންޓުގެ އިތުރުން ހުރިހާ ޔުޓިލިޓީގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ.

އެ ކުންފުނިން ދާދި ފަހުން ވަނީ މާފުށީގެ ކުނި މެނޭޖް ކުރުމާ ވެސް ހަވާލުވެފައެވެ.