ފީވަކު ތަރައްގީއާއި ގުޅޭގޮތުން މަޝްވަރާކުރަން މިހާތަނަށް ބައްދަލުވި ހަމައެކަނި ރައީސަކީ، ރައީސް ޞާލިޙް: ކައުންސިލް
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް ކައުންސިލްތައް އުފެއްދުމަށްފަހު، ށ. ފީވަކުގެ ތަރައްޤީ އާއި ގުޅޭ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމުގެ ފުރުޞަތެއް މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ލިބިފައި ނެތްކަމަށް ފީވަކު ކައުންސިލުން ވިދާޅުވެއްޖެއެވެ. ފީވަކު ކައުންސިލް މެންބަރުން މިހެން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކ...