މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
ގައިދީން އެހެން ކުށްތަކަށް ދެވިހިފިޔަ ދީގެން ނުވާނެ: ރައީސް
Raajje

ގައިދީން އެހެން ކުށްތަކަށް ދެވިހިފިޔަ ދީގެން ނުވާނެ: ރައީސް

އެކި ކުށްތަކުގައި ޖަލަށް ލާފައި ތިބޭ ގައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި، ސަރުކާރުގެ އަމާޒަކީ ގައިދީންނަށް އިސްލާހުވުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއ...

މިނީބަހުގެ ޚިދުމަތް އިތުރަށް ތަރައްގީވާނެ: ރައީސް
Raajje

މިނީބަހުގެ ޚިދުމަތް އިތުރަށް ތަރައްގީވާނެ: ރައީސް

ކުރިއަށް އޮތް ތަނުގައި މިނީބަހުގެ ޚިދުމަތް އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުުހު ވިދާޅުވެއްޖެއެވެ. މާލެ ތެރޭގައި ދުއްވާ މިނީ ބަހުގެ ޚިދުމަތް މިއަދު ފަށާފައިވާއިރު، އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަށައިޖެހޭ އާންމު ދަތުރުފަތުރުގެ ނިޒާމެއްގެ ތެރެއިން މިނީބަހުގެ ޚިދުމަތް ފެށުމަކީ އެ ނިޒާމު ފުރިހަމަކުރުމަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތްތަނުގައި،...

ދަރަވަންދޫގައި ފްލެޓް އަޅައިދިނުމަށް ކައުންސިލުން އެދިއްޖެ
Raajje

ދަރަވަންދޫގައި ފްލެޓް އަޅައިދިނުމަށް ކައުންސިލުން އެދިއްޖެ

ބ. ދަރަވަންދޫގެ ބޯހިޔާވަހިކަށް އެރަށުގައި ފްލެޓް އަޅައިދިނުމަށް އެރަށު ކައުންސިލުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އަރިހުގައި އެދިއްޖެއެވެ. ދަރަވަންދޫ ކައުންސިލުން މިގޮތަށް އެދުނީ ރައީސް ޞާލިޙާއެކު، އެ ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މިއަދު ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައެވެ. މިއަދު މެންދުރުފަ...

ރައީސް ޞާލިޙްގެ ގާބިލް ލީޑާޝިޕް ދިވެހިން ބަލައިގަންނާނެ: ޝާހިދު
Raajje

ރައީސް ޞާލިޙްގެ ގާބިލް ލީޑާޝިޕް ދިވެހިން ބަލައިގަންނާނެ: ޝާހިދު

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ގާބިލް ލީޑާޝިޕް ދިވެހިން ބަލައިގަންނާނެ ކަމަށާއި، ރިޔާސީ ދެވަނަ ދައުރެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަށަވަރުކުރައްވާނެ ކަމަށް، ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ޝާހިދު މިމޭރުމުން ވިދާޅުވީ، އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މި ހަފުތާގައި އިންޑިއާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ގައުމުގެ “ދަ ޕްރިންޓް” […]

މަޑުއްވަރީގެ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
Raajje

މަޑުއްވަރީގެ ބަނދަރު ހަދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް

މުލަކު އަތޮޅު މަޑުއްވަރީގެ ބަނދަރު ހަދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާގޮތަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިއަދު ވަނީ މުލަކު އަތޮޅު ފަސް ރަށަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ  މިއަދު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވިކަން ފާހަގަ ކުރަށްވާފައެވ...

ރައީސް މުލަކަތޮޅު ފަސް ރަށަކަށް ވަޑައިގަންނަވަނީ
Raajje

ރައީސް މުލަކަތޮޅު ފަސް ރަށަކަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަން މިޢްވާން މުޙައްމަދު މިއަދު ވިދާޅުވީ، ރައީސް ޞާލިޙް މި އޯގަސްޓު 27 އިން 29 އަށް މުލަކަތޮޅުގެ ފަސް ރަށަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ފަސް ރަށަކީ، ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު، ވޭވަށް އަދި މުއްޔެވެ. މި ދަތުރުފުޅުގައި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިން...

ސިންގަޕޫރު ސަފީރުކަމަށް ތަސްމީން ޢައްޔަނުކުރައްވައިފި
Raajje

ސިންގަޕޫރު ސަފީރުކަމަށް ތަސްމީން ޢައްޔަނުކުރައްވައިފި

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަޙްމަދު ތަސްމީން ޢަލީ މިއަދު ޢައްޔަނުކުރައްވައި، ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ. ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރިން ކުރެއްވި ތަސްމީނަށް ރައީސުލްޖުމްހޫރިއްޔާ މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަޙްމަދު ތަސްމީން ޢަލީއަކީ، އިނގިރޭސި ވިލާތުގެ، ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރަ...

ގައުމަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރިންނަށް ވާނެ ޖެހޭ: ރައީސް
Raajje

ގައުމަށް ބޭނުންވާ ދާއިރާތަކުން ހުނަރުވެރިންނަށް ވާނެ ޖެހޭ: ރައީސް

ދަރިވަރުން ޙާޞިލްކުރާ ޢިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.މިޖަލްސާގައި ރައީސުލްޖުމްޙޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައި...

މަބްރޫކްގެ ޚިދުމަތަށް ރައީސްގެ ޝުކުރު
Raajje

މަބްރޫކްގެ ޚިދުމަތަށް ރައީސްގެ ޝުކުރު

ރައީސް އޮފީހުގެ ތަރުޖަމާނުގެ ހައިސިއްޔަތުން މުހައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޚިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލުހު ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ޝުކުރު އަދާކުރައްވާފައި މިވަނީ އެ މަގާމުން މަބްރޫކް އިސްތިއުފާދެއްވައި އެކަން އިއުލާން ކުރެއްވުމުންނެވެ. ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ވަކިން ހާއްސަކޮށް ކޮވިޑް-19 ގެ ދުވަސްވަރު މަބްރޫކް ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވާ ކަމަށާއި، އަބަދުވެސް ކާމިޔާބާއި އިފާފާގަތިކަން އެދިލައްވާ ކަމަށެވެ. Thank you @mab...

އައްޑޫ ކައުންސިލް ބައްދަލުވުން: ކައުންސިލްތައް ހިންގުމަށް ހައްލުކުރަންޖެހޭ ކަންކަން ފާހަގަވި
Raajje

އައްޑޫ ކައުންސިލް ބައްދަލުވުން: ކައުންސިލްތައް ހިންގުމަށް ހައްލުކުރަންޖެހޭ ކަންކަން ފާހަގަވި

އައްޑޫ ސިޓީ ކައުންސިލާއި އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ލާމަރުކަޒީ ޤާނޫނުގެ އިޞްލާޙުތަކާއެކީ ކުރެވުނު ތަޖުރިބާއިން، ކައުންސިލްތައް ހިންގުމުގައި ހައްލުކުރަން ޖެހޭ ކަންތައްތަކެއްހުރިކަން ފާހަގަވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކައުންސިލް ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައެވެ. އައްޑޫސިޓީގެ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ހައްލުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރެވުނު. އަދި ލާމަރުކަޒީ ޤާނޫނު...

ރައީސް ދެއްވަނީ 2023 ކާމިޔާބުވާނެ ކަމުގެ ޔަގީންކަން
Raajje

ރައީސް ދެއްވަނީ 2023 ކާމިޔާބުވާނެ ކަމުގެ ޔަގީންކަން

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީ އިން ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ. ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސްގެ އެންމެ ފަހު ސެޝަން މިއަދު ކުރިއަށް ގެންދިޔަ އިރު ކޮންގްރެސް އަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓަށް އަހައި ނިންމާލުމުގެ ކުރިް ރައީސް ސޯލިހު ކޮންގްރެސްމަނުންނާ މުޚާތަބުކުރައްވާ ވިދާޅުވީ އެމްޑީޕީގެ ވިސްނުން ދެން ބަހައްޓަންވީ ކުރިއަށް 2023 ވަނަ އަހަރު އޮތް އިންތިޚާބަށް ކަމަށެވެ. އެމަނިކުފާނު...

އޮތް ގޮތަކީ ޚިޔާލުތަފާތުވުމާއި އެކު ކުރިއަށްދިއުން: ރައީސް
Raajje

އޮތް ގޮތަކީ ޚިޔާލުތަފާތުވުމާއި އެކު ކުރިއަށްދިއުން: ރައީސް

އެއްވެސް ބަޔަކަށް ހުރިހާ ކަމެއްގައި އެއްބަސް ނުވެވޭނެ ކަމަށާއި، އެމްޑީޕީގައި އޮތް ގޮތަކީ ޚިޔާލުތަފާތުވުންތަކާއި އެކު ކުރިއަށްދިއުން ކަމަށް އެ ޕާޓީގެ ލީޑަރ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 4 ވަނަ ކޮންގްރެސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީއެމްޑީޕީގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ ކަމަށާއި، ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ ކަމަށެވެ. ”އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރ...

ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާއިން ރާއްޖެއަށް ދޭ އެހީތެރިކަމަށް ރައީސް ޞާލިޙްގެ ޝުކުރު
Raajje

ބައިނަލްއަޤުވާމީ މައިދާނުގައި ރަޝިޔާއިން ރާއްޖެއަށް ދޭ އެހީތެރިކަމަށް ރައީސް ޞާލިޙްގެ ޝުކުރު

ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި މިއީ ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ހިޒް އެކްސެލެންސީ ޔޫރީ މަޓެރީ، ރައީސް ޞާލިޙްގެ އަރިހަށް ކުރެއްވި ވަދާޢީ ޒިޔާރަތެކެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ވަނީ، ރާއްޖެއާއި ރަޝިޔާގެ ގުޅުން ބަދަހިކުރެއްވުމަށް ރަޝިޔާގެ ސަފީރު...

ބަރުލަމާނީ ނިޒާމަށް ރައީސް ސާލިހު ތާއީދެއް ނުކުރައްވާ، އެދިލެއްވީ ގަރާރު އަނބުރާ ގެންދިއުމަށް
Raajje

ބަރުލަމާނީ ނިޒާމަށް ރައީސް ސާލިހު ތާއީދެއް ނުކުރައްވާ، އެދިލެއްވީ ގަރާރު އަނބުރާ ގެންދިއުމަށް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ތާއީދު ނުކުރަށްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ އިއްތިހާދުގެ މައިޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެންމެ އިސް ލީޑަރު އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަކަށް ބަދަލުކުރުމުގެ މަސައްކަތް ހިންގުމަށް، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މ...

ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި
Raajje

ކުޅިވަރުގެ ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

ކުރިއަރަމުން އަންނަ ކުޅިވަރުތަކަށް އިތުރު ފުރުޞަތުތައް ހޯދައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވައިފިއެވެ. އެ މަނިކުފާނު މި ޔަގީންކަން ދެއްވީ ތުރުކީގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައި.އެސް.ޖީ.2021) ގައި ވާދަކުރި ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން ޓީމު ހޯދި ކާމިޔާބީ ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް ޓީމަށް މަރުޙަބ...