މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ދިވެހި އެތުލީޓުން ކިބައިން ރައީސް އެދިވަޑައިގެންފި
Raajje

ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ދިވެހި އެތުލީޓުން ކިބައިން ރައީސް އެދިވަޑައިގެންފި

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް  ދިވެހި އެތުލީޓުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް ވަނީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާއި އޮފިޝަލުންނާ މިއަދު ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުން އޮތީ މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި ރައީސް ޞާލިޙް...

ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފި
Raajje

ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ހެއްކާބެހޭ ބިލު ތަސްދީޤުކުރައްވައިފި

ހެއްކާބެހޭ ބިލު (ޤާނޫނު ނަންބަރު: 2022/11) ތަސްދީޤުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިބިލު ތަސްދީޤުކުރެއްވީ މިއަދު އެވެ. މި ބިލަކީ، 2022 ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެވެ. ހެއްކާބެހޭ ޤާނޫނަކީ، މަދަނީ މައްސަލަތަކާއި ޖިނާޢީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުޞޫލުތަކާއި، ކަމެއް ސާބިތުކުރ...

ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށް، ޖަޒީރާވަންތަ ސިފަތައް މުހިންމު: ރައީސް
Raajje

ފަތުރުވެރިކަމުގެ ނަފާ އިތުރުކުރުމަށް، ޖަޒީރާވަންތަ ސިފަތައް މުހިންމު: ރައީސް

މި ރާއްޖޭގެ ޖަޒީރާވަންތަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތު ކުރުމަކީ އެ ޞިނާޢަތުގެ ނަފާ އިތުރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ، ޞިނާޢަތަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން އިންތިޒާމްކޮށްގެން ބޭއްވި ފަތުރުވެރިކަމުގެ ރަންޔޫބީލް އެވޯޑު ޙަފްލާ ޝަރަފް...

ރައީސް، އޭޝިއަން ބޮޑީބިލްޑިންގ މުބާރާތް އިފްތިތާހު ކޮށްދެއްވައިފި
Raajje

ރައީސް، އޭޝިއަން ބޮޑީބިލްޑިންގ މުބާރާތް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. ރައީސް ޞާލިހު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައި ދެއްވާފައި ވަނީ ރޭ މާލެއަތޮޅު މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އ...

މިނާގައި ތިބި ދިވެހި ޙައްޖުވެރިންގެ ގާތަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި
Raajje

މިނާގައި ތިބި ދިވެހި ޙައްޖުވެރިންގެ ގާތަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފި

މިނާގައި ތިބި ދިވެހި ޙައްޖުވެރިންގެ ގާތަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފިއެވެ. އެގޮތުން މި ޒިޔާރަތުގައި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވި ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ބައްދަލު ކުރައްވައި ޙާލުއަހުވާލު އޮޅުން ފިލުއްވާފައެވެ. މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަން އަ...

ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންފި
Raajje

ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއް...

ރަށްރަށުގެ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފި
Raajje

ރަށްރަށުގެ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފި

ފަތުރުވެރިކަމަށް ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގެ މިލްކުވެރިކަން ބަދަލުކުރުމަށް ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭ އިސްލާޙް ތަސްދީގު ކޮށްފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤު ކުރައްވާފައިވާ މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު، ޤާނޫނު ނަމްބަރު: 02/99 އަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި އިޞްލާޙުން ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށު...

ރައީސްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަންނަވަނީ
Raajje

ރައީސްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މާދަމާ ޙައްޖަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ރައީސްގެ ދެ ކަނބަލުން މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. ޙައްޖުގެ އަޅުކަން އ...

ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ފުރައިފި
Raajje

ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ފުރައިފި

ދިވެހިރާއްޖޭން މިއަހަރު ޙައްޖަށްދާ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕް ރާއްޖޭން ފުރިއިރު އަލްވަދާޢު ވިދާޅުުވުމަށް ރައީސް ޞާލިހު އެއާޕޯޓަށް ވަޑައިގެން އަލްވަދާޢު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ޙައްޖާޖީންގެ އެންމެ ފަހު ގްރޫޕްގައި ހިމެނޭ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައި އެ އެބޭފުޅުންގެ ޙާލު އޮޅުން ފިލުއްވިއެވެ. ޙައްޖުގެ އަޅުކަމަށް މިރޭ ފުރި 115 ޙައްޖާޖީންނާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބައްދަލު...

މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް ހުޅުވައިފި
Raajje

މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް ހުޅުވައިފި

މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް މިރޭ ހުޅުވައިފިއެވެ. “މަސްޖިދު ރަޝީދު” ނަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ކަމަށް މިރޭ ހުޅުމާލޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި މިސްކިތް ބިނާކޮށްފައި ވަނީ މިސްކިތް އެ ބޭފުޅަކަށް ނިސްބަތްވާ...

ގެނބިގެން ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް ތައުޒިއާ ވިދާޅުވެއްޖެ
Raajje

ގެނބިގެން ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސް ތައުޒިއާ ވިދާޅުވެއްޖެ

އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި މިއަދު މޫދަށް އެރި އުޅުނު ޒުވާނުންތަކެއް ގެނބި ހިނގި ހާދިސާ ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފި އެވެ. ފެންފުށީ ތުނޑި ކައިރީ މޫދަށް އެރިއުޅެނިކޮށް ގެނބިގެން ހާލުދެރަވި ދެޒުވާނުންގެ ތެރެއިން ނިޔާވެފައި ވަނީ ވަނީ އދ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ނިޔާވީ ތ.ދިޔަމިގިލީ، އީސާ ޖުނާހު، 23، އެވެ. މޫދަށް އެރި އުޅުނު ހަތަރު ޒުވާނުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ފުލުހަށް ރިޕޯޓުކުރީ […]

ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ރީޓްރީޓްގައި ރައީސް ބައިވެރިވެވަޑައިގެންފި
Raajje

ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ރީޓްރީޓްގައި ރައީސް ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ ރީޓްރީޓްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މި ރީޓްރީޓް ބާއްވާފައި ވަނީ ރުވާންޑާގެ އިންޓެއަރ ކޮންފަރެންސް އެރީނާގައެވެ. ދެ ސެޝަނަށް ބަހާލައިގެން ކުރިޔަށް ގެންގޮސްފައިވާ މި ރީޓްރީޓްގެ ފުރަތަމަ ސެޝަން އަމާޒުކޮށްފައި ވަނީ ޒުވާނުންނާއި، ޓެކްނޮލޮޖީއާއި، އީޖާދީކަމުގެ މައްޗަށެވެ. އަދި ދެ ވަނަ ސެޝަން އަމާޒު ކޮށްފައިވަނީ ބައިނަލްއަޤްވާމީ ގޮތުން ކުރިމަތިވާ އެކި ގޮންޖެހުންތަކަށެވެ. ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގައި ރުވާންޑާއ...

ރާއްޖެއާއި މޮރިޝަަސްއާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
Raajje

ރާއްޖެއާއި މޮރިޝަަސްއާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައެވެ. ރުވާންޑާގެ ވެރިރަށް ކިގާލީގެ މެރިއޮޓް ހޮޓެލްގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި، ރައީސް ޞާލިޙާއި، މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައްވާފައި ކަމަށް ރައީސް އޮފީހުން މައު...

ރައީސް ޞާލިޙާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ބައްދަލުކުރައްވައިފި
Raajje

ރައީސް ޞާލިޙާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ބައްދަލުކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ރުވާންޑާގެ ވެރިރަށް ކިގާލީގެ މެރިއޮޓް ހޮޓެލްގައެވެ. ރައީސް އޮފީހުން މައުލޫމާތު ހާމަކުރަށްވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިހާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ ރާއްޖެއާއި އިންޑިއާގެ ދޭދޭ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ދެ ޤައުމަށ...

ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
Raajje

ކޮމަންވެލްތް ޤައުމުތަކުގެ ވެރިންގެ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ރަސްމީގޮތުން ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ ރުވާންޑާގެ ވެރިރަށް ކިގާލީގެ ކިގާލީ ކޮންވެންޝަން ސެންޓަރުގައެވެ. މި ބައްދަލުވުމުގައި، އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޔޫރަޕް، އޭސިއާ، ޕެސިފިކްގެ 54 ޤައުމެއްގެ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެން، ޤައުމުތަކުގެ މެދުގައި އެއްބާރުލުން އ...