ށ. ގޮއިދޫ ސްކޫލްގައި އިތުރު 8 ކްލާސްރޫމް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
ށ. ގޮއިދޫ ސްކޫލްގައި އިތުރު 8 ކްލާސްރޫމް އެޅުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ. 2021 ވަނަ އަހަރުގެ ބަޖެޓުން ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,291,291.70ރ (ބާރަމިލިޔަން ދެލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ހަތްދިހަ ލާރި) އެވެ. މި އެއްބަސްވުމުގެ ދަށުން މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ […]