މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދެއްވުމަށް ފަސްޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.

"ޕީއެސްއެމް ނިއުސްގެ "ބާބު 3" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވުމަށް ފަސްޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ފަސް އަހަރުގެ ދައުރަކަށްފަހު، ކޮންމެފަހަރަކު ސަރުކާރު ބަދަލު ކޮށްލީމާ، އަލުންބަލުން ކަންތައްތަކެއް ފަށަން ޖެހޭކަން ވެސް ފާހަގަކުރައްވާފައި ވެއެވެ.

Ad
rt

"ދެދައުރެއް މިއޮންނަނީ ޤާނޫނުގައިވެސް، ދެދައުރަށް ވެރިކަން ލިބގެން ދިއުމަކީ އިހްލާސްތެރި ތެދުވެރި ވެރިއަކަށް ވެރިކަން ކުރުމަށް ލިބޭނެ ފަހި ފުރުސަތަކަށް ވާނެ." އިކްރާމް ވިދާޅުވި އެވެ.

މީގެ އިތުރުން ދެދައުރަށް ވެރިކަން ލިބިގެން ދިއުމަކީ އިހްލާސްތެރި ތެދުވެރި ވެރިއަކަށް ވެރިކަން ކުރުމަށް ލިބޭނެ ފަހި ފުރުސަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިމާވާ ގޮންޖެހުންތަކާއިއެކު ކެތްތެރިކަމާއި ހިކުމަތްތެރި ކަމާއިއެކު ސަރުކާރުން ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމުގައި ދެވަނަ ދައުރެއް ސަރުކާރަށް ދިނުމަކީ ޤައުމުގެ ތަރައްޤީއަށްޓަކައި ވެސް މުހިންމުކަމެއް ކަމަށެވެ. އަދި އިހްލާސްތެރިކަމާއިއެކު ރައްޔިތުންނަށް ހިދުމަތްކުރާ ވެރިއަކަށް ދެވަނަ ދައުރެއް ދިނުމަކީ ގައުމަށް ވެސް އެކަމުން މަންފާކުރާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ނިމިދިޔަ ވެރިކަމާއި މިސަރުކާރާއި އޮތް ތަފާތަކީ އަނިޔާއާއި، ބޭއިންސާފު ކަމަށާއި ނިމިދިޔަ ވެރިކަމުގައި ހުރިހާ ވާދަވެރިން ޖަލަށްލައި ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ދައުލަތުގެ ތިންބާރަށް ކުރިމަތިކުރުވި ނުފޫޒަކީ އެވެރިކަން ނިމިގެންދިއުމުގެ އަސްލުކަމަށް އިކްރާމް ވިދާޅުވި އެވެ.

އިކްރާމް ވަނީ މިއަދު ސަރުކާރުން ވެރިކަން ކުރަމުންދަނީ ސިޔާސީ ވާދަވެރިންނަށް ފުރުސަތުދީ، މިނިވަންކަމާއިއެކު ބަސްބުނުމުގެ ޖާގަ ދީގެންކަން ވެސް ފާހަގަކުރައްވާފަ އެވެ.