އދ ގެ ދެ ކައުންސިލަކަށް ރާއްޖެއިން ވާދަކުރަން ނިންމަވާފައިވާ ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން ކުރިމަތިލާން ނިންމާފައިވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަށް ކަމަށެވެ.

Ad
rt

ރާއްޖެއިން ވާދަކުރައްވަނީ 2033 އިން 2034 ވަނަ އަހަރަށް ހިންގާ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށާއި 2027 އިން 2028 ވަނަ އަހަރަށް ހިންގާ، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަށް ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަގްސަދަކީ ބައިނަލްއަގްވާމީ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމެވެ. އަދި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަގްސަދަކީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެ އިންތިހާބުތައް ރާއްޖެއިން ކާމިޔާބު ކޮށްފި ނަމަ، އެއީ މި މަގާމުތަކަށް ރާއްޖެ އިންތިހާބުވާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

ރާއްޖޭން ވަނީ އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ވެސް ފުރާފަ އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ މަގާމު ދިވެއްސަކު ފުރުއްވި ފުރަތަމަ ފަހަރެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލިހުގެ ރައީސްކަމުގެ މަގާމު ފުރުއްވާފައި ވަނީ 2021 ޖޫން މަހުން ފެށިގެން 2022 ޖޫން މަހާ ހަމައަށެވެ.