މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ޔަގީންކަން ދެއްވައިފި
Raajje

ދިވެހިން ތިބީ ފަލަސްތީނާއި އެކުގައި ކަމުގެ ޔަގީންކަން ދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްޠީނުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ކުރިއަށް ގެންދެވި މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދައުލެތެއް ޤާއިމް ކުރުމަށާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުނ...

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
News

އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

އެކުވެރި ދައުލަތްތައް (އދ) އިން ބާއްވާ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންފިއެވެ. މިއީ އ.ދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްއެވެ. ކޮންމެ ދިހަ އަހަރަކުން އެއްފަހަރު ބާއްވާ މިކޮންފަރެންސް މިއަހަރު ކުރިޔަށްދަނީ، ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ. އެންމެ މަދުން އާމްދަނީ ލިބޭ ޤައުމުތަކުގެ ދަރަޖައިން، މެދުފަންތީގެ އާމްދަނީއެއް...

ރައީސް، ތިން ޤައުމަކަށް ފުރާވަޑައިގެންފި
Raajje

ރައީސް، ތިން ޤައުމަކަށް ފުރާވަޑައިގެންފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ތިން ޤައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި، ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގަންނަވާނީ ޤަޠަރަށެވެ. އެ ޤައުމަށް ވަޑައިގެން އެޤައުމުގެ ވެރިރަށް ދޯހާގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ. ގެ ފަސްވަނަ ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ޤަޠަރަށްފަހު ރައީސް ދެން ވަޑައ...

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އަންނަ ހަފުތާގައި މަޖިލީހަށް ފޮނުވަނީ
Raajje

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އަންނަ ހަފުތާގައި މަޖިލީހަށް ފޮނުވަނީ

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު އެކުލަވައިލުމުގެ މަސައްކަތް ނިމި އަންނަ ހަފުތާގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މަސައްކަތު މާޙައުލާއި ދިރިއުޅޭ މާޙައުލުގައި ޤާނޫނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތ...

އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް
Raajje

އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރަފްކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

ވަޒީފާ ގެއްލޭ މީހުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި، އަންއެމްޕްލޯއިމަންޓް އިންޝުއަރަންސް ބެނިފިޓް ތަޢާރަފްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްގެ މަސައްކަތްތެރިންގެ ކޮންގްރެސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސައްކަތްތެރިންގެ އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރު...

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް: ރައީސް
Raajje

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް: ރައީސް

މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މޭވާއަކީ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރެވިގެން ދިޔުންކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި އިއްޔެ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ ދައުލަތުން އެ ޒިންމާއާއި ހަވާލުވުމުގެ ކުރީން ދަރިންނަށް ކިޔަވައިދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަމުން އައީ ރައްޔިތުން އަމިއްލައަށް ކަމަށާއި، ތާރ...

ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި
Raajje

ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފި

ސަރުކާރުގެ ޔުނިވާސިޓީތަކުގެ ލެޗްކަރާއިންގެ މުސާރަ 59 ޕަސެންޓަށް ބޮޑުކޮށްފައިވާ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އިއުލާން ކުރައްވައިފި އެވެ. ސަރުކާރުގެ ޔުނިވާސިޓީތަކާއި މަތީތަޢުލީމުގޭ މުއައްސަސާތަކުގެ މުސާރައަށް ގެންނެވި ބަދަލު ރައީސް ޞާލިޙް ޢިއުލާން ކުރެއްވީ، ކޮޅުމަޑުލު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއަދު މެންދުރުފަހު، ހިރިލަންދޫ ސްކޫލުގައި ބޭއްވި މި ޖަލްސާގައި ރައީސް ވަނީ، މާރިޗު 1 ވަނ...

ރައީސް، ހިރިލަންދޫ ފެނަކައިގެ އާ އިމާރާތް ހުޅުއްވައިދެއްވައިފި
Business

ރައީސް، ހިރިލަންދޫ ފެނަކައިގެ އާ އިމާރާތް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު، ތ.ހިރިލަންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރި އޮފީސް އިމާރާތް ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވީ ރައީސް މިހާރު ހިރިލަންދުއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޤައުމު ތަރައްގީ ވާނީ ރައްޔިތުން ތަރައްގީވެގެން ކަމަށާއި، ރަށްރަށުގައި އާއިލާތަކަށް ދިރިއުޅެވޭނެ ގޮތްތައް ހަމަޖެހިގެން ކަމަށެވެ. އެގޮތުން، މިސަރުކާރުން ތަރައްގީ ގެނައުމުގައި ވަކިރަށެއް ތަފާތ...

ރައީސް އާއި ޤާސިމްގެ ބައްދަލުވުމެއް
Raajje

ރައީސް އާއި ޤާސިމްގެ ބައްދަލުވުމެއް

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާޙީމްގެ ބައްދަލުވުމެއް ރައީސް އޮފީހުގައި ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމް ރައީސް ޞާލިޙާއި ބައްދަލު ކުރައްވަން ރައީސް އޮފީހަށް ވަޑައިގަތީ މިއަދު ހެނދުނު 11:00 ގައެވެ. މި ބައްދަލުވުމަކީ ރައީސްގެ އެދިވަޑައިގަތުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ޤާސިމް ރައީސް އާއި ބައްދަލު ކުރައްވަން ވަޑައިގަތީ އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓ...

"ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި އިދާރާއެއް އުފައްދަވައިފި
Raajje

"ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަމުގައި އިދާރާއެއް އުފައްދަވައިފި

“ނޭޝަނަލް ޖޮބް ސެންޓަރ” ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދަވައިފިއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަނީ ހަމަޖައްސަވާފައެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން، ނޭޝަނަލް ޖޮބް ސެންޓަރ ޤާއި...

އެމްޑީއޭ އިން ނިންމި ނިންމުމަށް ރައީސް މަރުޙަބާ ދަންނަވައިފި
Raajje

އެމްޑީއޭ އިން ނިންމި ނިންމުމަށް ރައީސް މަރުޙަބާ ދަންނަވައިފި

ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިގެން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކުރިއަށް ދިޔުމަށް ނިންމި ނިންމުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް މަރުޙަބާ ދަންނަވައިފި އެވެ. ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ގުޅިގެން ކުރިއަށް ދިޔުމަށް އެމްޑީއޭ އިން ނިންމި ނިންމުމަށް މަރުޙަބާ އަދި ޝުކުރު ދަންނަވާކަމަށެވެ. “އަޅުގަނޑުމެން މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ހަމަޖެހުމާ ތަރައްޤީއާ...

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން އަދާލަތުން ނިންމައިފި
Raajje

ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން އަދާލަތުން ނިންމައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، މިހާރުގެ ރައީސް، އިބްރާޙީމް މުޙައްމަދު ޞާލިޙަށް ރިޔާސީ އިންތިޚާބުގައި ތާއީދުކުރުމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިއަދު ނިންމައިފިއެވެ. އަދާލަތު ޕާޓީން މިގޮތައް ނިންމީ އަންނަ ރިޔާސީ އިންތިޚާބުގައި އެ ޕާޓީ ހިމަނައިގެން ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމަށް ރައީސް ޞާލިޙް ދަޢުވަތު ދެއްވާފައިވާތީ، އެކަމާއި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މަޝްވަރާ ހިންގުމަށްފަހުއެވެ. އެކަން ބަޔާންކޮށް އަދާލ...

މުރައިދޫ ކައުންސިލަށް ރައީސް ދެއްވީ އުއްމީދު
Thiladhunmathi News

މުރައިދޫ ކައުންސިލަށް ރައީސް ދެއްވީ އުއްމީދު

ހއ. މުރައިދޫ ކައުންސިލުން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވަފިއެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ”ތިލަދުން” އަށް ވިދާޅުވީ، އިއްޔެ މުރައިދޫ ކައުންސިލުން ރައީސް ޞާލިޙާއި ބައްދަލުކުރައްވައި، މުރައިދޫގެ ތަރައްގީއާއި ގުޅުންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މުލިއާގޭގައި ބޭއްވި މި ނުރަސްމީ ބައްދަލުކޮށްލެއްވުމުގައި މުރައިދޫގެ ތަރައްގީއަށް އިތުރަށް ބޭނުންވެފައިވާ ކަންކަމާއި، މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހަލުވި ކުރުމާމެދު މަޝްވަރާ ކުރެވުނު ކަމަށް...

ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ރާއްޖޭ ޓީމުގެ ޖާޒީ ރައީސަށް އަރުވައިފި
Raajje

ފޯ ނޭޝަންސް ކަޕްގައި ވާދަކުރާ ރާއްޖޭ ޓީމުގެ ޖާޒީ ރައީސަށް އަރުވައިފި

ފޯ ނޭޝަންސް ކަޕްގައި ދިވެހި ރާއްޖޭގެ ފަރާތުން ވާދަކުރާ ޓީމުގެ ޖާޒީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު ވެދުމަށް އަރުވައިފިއެވެ. ފޯ ނޭޝަންސް ކަޕަކީ، މި އަހަރު ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތެވެ. މި މުބާރާތަކީ ރާއްޖޭގެ އިތުރުން ސިންގަޕޫރާއި، މެލޭޝިޔާ އަދި އަފްޢާނިސްތާނުގެ ޤައުމީ ވޮލީ ޓީމްތަކުގެ މެދުގައި ބާއްވާ ވޮލީ މުބާރާތެކެވެ. މި މުބާރާތުގެ ފިރިހެން ބައިގައި ސިންގަޕޫރާއި، މެލޭޝިޔާއާއި، އަފްޢާނިސްތާނާއި ރާއްޖޭގެ ޤައުމީ ވޮލީ ޓީމްތަކުން ވާދަކުރަން ހަމަޖެހިފައިވ...

މިއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މުޅި އެމްޑީޕީ އެއްވާންވީ ވަގުތު: ރަައީސް
Raajje

މިއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މުޅި އެމްޑީޕީ އެއްވާންވީ ވަގުތު: ރަައީސް

މިއީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މުޅި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެއްވާންވީ ވަގުތުކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގާއި ވާދަކުރުމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް، އެމަނިކުފާނަށް އެރުވުމަށް މިރޭ މާލޭގެ ކާނިވަލުގައި ކުރިއަށްދިޔަ އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްވަމުންނެވެ. އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދ...