މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

938 Stories filed
"ހިތުގައި ރުޅިވެރިކަމެއް އޮތް ނަމަ މާފުކޮށް އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ސަމާލުކަން ދޭންޖެހޭ"
Raajje

"ހިތުގައި ރުޅިވެރިކަމެއް އޮތް ނަމަ މާފުކޮށް އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ސަމާލުކަން ދޭންޖެހޭ"

އުފާވެރި ފިޠުރު ޢީދާ ކުރިމަތިލާއިރު، އެއްވެސް ސަބަބަކާ ހުރެ، މީހަކާ މެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތް ނަމަ، އެމީހަކަށް ހިތް ހެޔޮކޮށް މަޢާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނެގުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެެއްޖެއެވެ. އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ރޭ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ފިތުރުގެ މުނާސަބަތުގައި، ރައީސ...

ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި
Raajje

ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި

ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުންނެވެ. ފައްޔާޟު ވިދާޅުވީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާތާ ގިނަ ދުވަސްތަކެއް ވަމުން އަންނަކަމަށާއި އިންތިޚާބު ކާމިޔާބުކުރުމަށް ދުރާލައި ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. “އެމްޑީޕީއަކީ އަބަދުވެސް...

ފުރަތަމަ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ސަލާހާ
Raajje

ފުރަތަމަ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށް ސަލާހާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ހއ. ފިއްލަދޫ، ނިއުސްޓަރ ފާޠިމަތު ސަލާހާ ޢައްޔަނު ކުރައްވައިފިއެވެ. ރާއްޖޭގެ ފުރަތަމަ ޗީފް އިންޓަރނަލް އޮޑިޓަރުގެ ގޮތުގައި ސަލާހާ އެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 13 އެޕްރީލް 2023 ވީ ބުރާސްފަތި ދުވަހުއެވެ. ސަލާހާ އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ. ސަލާހާއަކީ 2023 ވަނަ އަހަރުން ފެށިގެން ޗާޓަ...

ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް: ރައީސް
Raajje

ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް: ރައީސް

ރައްޔިތުންގެ މަޖިލިސްގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް، އިބްރާޙީމް ޝާޒް އަކީ ގުރައިދޫ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކަރާއެކު މަސައްކަތްކޮށްދެއްވާނެ ބޭފުޅެއް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކ. ގުޅިއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންގެ ވިސްނުން ހުރިގޮތް...

''ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް''
Raajje

''ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް''

ދިވެހިންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ، ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ދިވެހިންގެ މެދުގައި ފެތުރެމުން ދިޔުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ، 2023 ވަނަ އަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް މިއަދު ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ތަފާތުކުރުމެއް ނެތި އެންމެންނަށް ޞިއްޙ...

ފިޔަވަތީގައި ތިބޭ ކުދިންނާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ރައީސްގެ ދެ ކަނބަލުންގެ ރޯދަވީއްލުމެއް
Raajje

ފިޔަވަތީގައި ތިބޭ ކުދިންނާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ރައީސްގެ ދެ ކަނބަލުންގެ ރޯދަވީއްލުމެއް

ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދެ ކަނބަލުން މިއަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ. އެ ކުދީންނަށް ޚާއްޞަ ކުޅިވަރުގެ ހަރަކާތްތަކަކާއެކު ބޭއްވި މި ރޯދަވީއްލުން ބާއްވަވާފައި ވަނީ މިއަދު މުލީއާގޭގައެވެ. ރައީސްގެ ދެ ކަނބަލުން ވަނީ މިކުދިންނާއެކު ވަގުތު ހޭދަކޮށްލައްވައި، އެ ކުދިންނާއެކު ބައެއް ކުޅިވަރުތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ. މި ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ...

ޝަރުތެއްނެތި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް!
Raajje

ޝަރުތެއްނެތި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް!

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމްގެ ތާއީދު އޮތްކަން އޭނާ ހާމަކުރައްވައިފިއެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ވަޒީރަކަށް ހުންނެވި މައުސޫމްގެ ތާއީދު ރައީސް ޞާލިޙަށް ދެއްވިކަން ހާމަކުރެއްވީ އޭނާ މީސްމީޑިއާއަށް ދޫކޮށްލެއްވި މެސެޖެއްގައެވެ. މައުސޫމް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވެސް ވަނީ ރިޔާސީ އިންތިޚ...

ހަތަރު ވަނަ ''ވިއަވަތި ރާއްޖެ'' ކޮންފަރެންސް ހަނިމާދޫގައި
Raajje

ހަތަރު ވަނަ ''ވިއަވަތި ރާއްޖެ'' ކޮންފަރެންސް ހަނިމާދޫގައި

ހަތަރު ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހދ. ހަނިމާދޫގައި ބާއްވަން ނިންމާފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މި ކޮންފަރެންސް ހަނިމާދޫގައި ކުރިއަށްދާނީ އަންނަ މޭމަހުގެ 12 އިން 14 އަށެވެ. ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމް ހަރުދަނާކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސ...

އިހުލާސްތެރި ކަމާއެކު ކުރާ ބުރަ މަސައްކަތުގެ ހަދިޔާ އަކަށް ވާނީ އެއްލައިލުން: ޝިދާތާ
Raajje

އިހުލާސްތެރި ކަމާއެކު ކުރާ ބުރަ މަސައްކަތުގެ ހަދިޔާ އަކަށް ވާނީ އެއްލައިލުން: ޝިދާތާ

އިހުލާސްތެރި ކަމާއެކު އެ މީހުން ކުރާ ބުރަ މަސައްކަތުގެ ހަދިޔާއަކަށް އާހިރުގައި ވާނީ ނަގާ އެއްލައިލުން ކަމަށް ކުރީގެ ޖެންޑަރ މިނިސްޓަރ އަދި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ތަރުޖަމާން ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ބައިބައިވުމާއި ގުޅިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ވަޒީފާގައި ތިބި ބައެއް ފަރާތްތައް ވަޒީފާއިން ވަކިކުރަމުން އަންނަ ދަނޑިވަޅެއްގައި، ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޝިދާތާ ވަނީ ރައީސް ޞާލިޙް...

ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން: ރައީސް
Raajje

ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން: ރައީސް

މަދަނީ ޖަމިއްޔާތަކަށް ނުރައްކާ ކުރިމަތި ކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވާލެވިފައިވާ މުޖުތަމަޢަށް ގެއްލުންހުރި ކަންކަން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ރައީސް މިހެން ވިދާޅުވީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި “ސަމިޓް ފޮރ ޑިމޮކްރަސީ”ގެ ދެވަނަ ބައްދަލުވުމުގައި އިއްވެވި ޤައުމީ ބަޔާނުގައެވެ. ރައީސްގެ ބަޔާނުގައި ވަނީ 2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއަރުންތަކަށް އަލިއަޅުވާ...

ރައީސް އަށް ކުރިމަތިވެދާނެ އިތުރުކަމަކަށް ވަރަށްބޮޑަށް ވިސްނަންޖެހޭ: ޖާބިރު
Raajje

ރައީސް އަށް ކުރިމަތިވެދާނެ އިތުރުކަމަކަށް ވަރަށްބޮޑަށް ވިސްނަންޖެހޭ: ޖާބިރު

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކުރިމަތިވެދާނެ އިތުރުކަމަކަށް ވަރަށްބޮޑަށް ވިސްނަންޖެހޭ ކަމަށާއި އެކަމަށް ތައްޔާރަށް ތިބެންޖެހޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު މިފަދައިން ވިދާޅުވީ ރައީސް ސާލިހުގެ މޮޓޯކޭޑު ހުއްޓުވި މައްސަލައަށް ރިޔާއަތް ކުރައްވައެވެ. ޖާބިރު ވިދާޅުވީ ރައީސްގެ މޮޓޯކޭޑު ހުއްޓުވައި، ހުރަސް އެޅުމަކީ ވަރަށް ވެސް ދެރަ އަމަލެއް ކަމަށާއި މިހެންވެ، ކުރިއަށް އޮތްތަނުގައި އަތުވެދާނެ އިތުރު ކަމަކަ...

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި
Raajje

ރައީސްގެ މޮޓޯކޭޑަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޮކޭޑަށް ހުރަސް އެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ. އެ މައްސަލައިގާ މީގެ ކުރުން ވެސް 4 މީހަކު ހައްޔަރުކޮށްފައިވާއިރު، އިއްޔެ ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފައެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވ÷ޑު ހަފުލާއަށް ފަހު، މޭލެ ވަޑައިގަންނަވަނިކޮށެވެ. އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ، ސެކިއުރިޓީ ބް...

ރޯދަ މަހަކީ އަޅުކަމުގައި ހީވާގިވެ އެހީތެރިވުމުގައި އަތްތައް ގުޅައިލަންވީ މައްސަރު: ރައީސް
Raajje

ރޯދަ މަހަކީ އަޅުކަމުގައި ހީވާގިވެ އެހީތެރިވުމުގައި އަތްތައް ގުޅައިލަންވީ މައްސަރު: ރައީސް

މާދަމާ މިފެށޭ މި އަހުގެ ރޯދަ(ރަމަޟާން) މަހަކީ އަޅުކަމުގައި ހީވާގިވެ އަނެކުންނަށް އެހީތެރިވުމާއި ދީލަތުވުމުގައި އަތްތައް ގުޅައިލަންވީ މައްސަރު ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، 1444 ވަނަ އަހަރުގެ ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. މި ޚިޠާބުގައި ރައީސް ވިދާޅުވީ، ރޯދަ މަހަކީ އަޅުކަމާއި ތަޤްވާވެރިކަމުގެ މޫސުން ކަމަށެވެ. އަދި އެއީ ކީރިތި ޤުރްއާން ކިޔެވުމާއި ދުޢާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއ...

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލަން ފަށައިފި
Raajje

ރައީސްގެ ސެކިއުރިޓީ ފެއިލްވި މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ބަލަން ފަށައިފި

ރައީސް އިބްރާޙީމް މުޙައްމަދު ސާލިހުގެ ސެކިއުރިޓީ ފެއިލްވި މައްސަލަ އެމްއެންޑީއެފާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީންބަލަން ފަށައިފިއެވެ. 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ކޮމިޓީން މައްސަލަ ބަލަނީ އަމިއްލަ އިސްނެގުމަށް ކަމަށާއި އެ ކޮމިޓީގެ ބައްދަލުވުން މިއަދު ހެނދުނު 11:00 ގައި ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރައްވައެވެ. ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައިފައިވަނީ ޖެންޑަރ މިނިސްޓްރީން ހުޅުމާލޭގައި ބޭއްވި ރަސްމީ ޖަލްސާ ނިންމާލެއްވުމަށް ފަހ...

ދިފާއީ ވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވައިލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
Parliament

ދިފާއީ ވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވައިލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރާއްޖޭގެ ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީ އިސްތިއުފާ ދެއްވުމަށް ގޮވައިލާ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ. އޭނާ މި މައްސަލަ ހުށަހަޅުއްވާފައިވަނީ ރައީސް ސާލިހް ދަތުރުކުރައްވަމުން ގެންދެވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވި މައްސަލާގައެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅުއްވާފައިވާ މި މަސައްލައިގާ ވަނީ ރައީސް ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްކޮށް، ޕީޕީއެމްގެ އިހުތި...