ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޮކޭޑަށް ހުރަސް އެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގާ މީގެ ކުރުން ވެސް 4 މީހަކު ހައްޔަރުކޮށްފައިވާއިރު، އިއްޔެ ހައްޔަރުކޮށްފައިވަނީ 54 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާގެ ބަންދަށް 5 ދުވަސް ވަނީ ޖަހާފައެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެއީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވ÷ޑު ހަފުލާއަށް ފަހު، މޭލެ ވަޑައިގަންނަވަނިކޮށެވެ.
އިދިކޮޅު މުޒާހަރާގެ ބައިވެރިން ހުރަސްއަޅާ، ސެކިއުރިޓީ ބްރީޗްވި ގޮތުގެ ތަހުގީގު އެންއައިސީން ފަށާފައިވާއިރު، އެމްއެންޑީއެފުންވެސް އަންނަނީ މިކަން ތަހްގީގު ކުރަމުންނެވެ. އަދި މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާއި ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް އެމްއެންޑީއެފް އިން ވެސް ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!