ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ހއ. ފިއްލަދޫ، ނިއުސްޓަރ ފާޠިމަތު ސަލާހާ ޢައްޔަނު ކުރައްވައިފިއެވެ.
ރާއްޖޭގެ ފުރަތަމަ ޗީފް އިންޓަރނަލް އޮޑިޓަރުގެ ގޮތުގައި ސަލާހާ އެ މަޤާމަށް ޢައްޔަނު ކުރައްވާފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 13 އެޕްރީލް 2023 ވީ ބުރާސްފަތި ދުވަހުއެވެ.
ސަލާހާ އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުގެ ނައިބުންނާއި އެއް ފެންވަރުގައެވެ.
ސަލާހާއަކީ 2023 ވަނަ އަހަރުން ފެށިގެން ޗާޓަޑް ސެޓްފައިޑް އެކައުންޓެންޓު އޮފް މޯލްޑިވްސްގެ މެންބަރެކެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން އޭނާ އަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓްފިކެޓްޑް އެކައުންޓެންޓްސް ގެ ވެސް މެންބަރެކެވެ.
ޗީފް އިންޓަރނަލް އޮޑިޓަރުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ސަލާހާ ހުންނެވީ މިނިސްޓްރީ އޮފް ފިނޭންސްގައި ޗީފް އޮޑިޓް އެގްޒެކެޓިވްގެ މަޤާމުގައެވެ.
ސަލާހާ ވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގައި މެނޭޖަރ، ފައިނޭންސް އެންޑް އެކައުންޓްސް މަޤާމުގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މެނޭޖާ ފައިނޭންޝަލް އިންސްޓިޓިއުޝަންސް އޮޑިޓްގެ މަޤާމު ވެސް އަދާކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!