އަންނަ މަހުން ފެށިގެން ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަނީ
އަންނަ މަހުން ފެށިގެން ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ނިންމައިފިއެވެ. އެމްޕީއެލްއިން ކުރި ޓުވީޓެއްގައި ބުނީ، ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމީ، އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް މުވައްޒަފުންނާއެކު ބޭއްވި ބޯޑު ބައްދަލުވުމުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ކުންފުނީގެ ޕޮލިސީތަކެއް ފާސްކޮށް، ރީޖަނަލް ޕޯޓުތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ، މުވައްޒަފުން...