ފުލުހުންނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ސީޕްރިއާ އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.
މިއީ ކޮމިއުނިޓީ ސޭފްޓީ ޕާޓްނަޝިޕް ފެށުމުގެ ގޮތުން ވެވުނު އެއްބަސްވުމެކެވެ.
އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް ޢަލީ ރަޝީދުއެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޝާހިދު އަލީއެވެ. އަދި ސީޕްރިއާގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ މެނޭޖަރު މަރިޔަމް ސުހާއެވެ.
ފުލުހުން ބުނީ އެ އެއްބަސްވުމުގެ ދަށުން ކުށް ކުރުން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކޮށް ޕްރޮގްރާމްތައް ހިންގާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!