ޕޯޓް ސޭފްޓީވީކް ގެ ފުރަތަމަ ވޯރކްޝޮޕް ފަށައިފިއެވެ.
މިއަދު ފަށާފައިވަނީ ކި ސޭފްޓީ ވީކުގެ ދަށުން ކުރިއަށްގެންދާ "ސޭފްޓީ ކަލްޗާ އެވެއާނެސް ވޯކްޝޮޕް"އެވެ. މި ވޯކްޝޮޕް ފައްޓަވައިދެއްވީ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީއެވެ.
މި ވޯކްޝޮޕުގައި 43 މީހަކު ބައިވެރިވާއިރު ވޯކްޝޮޕް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.
މި ވޯކްޝޮޕުގައި ސޭފްޓީ ކަލްޗާ އާއި ބެހޭގޮތުންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ކްރައިމް ޕްރިވެންޝަން އާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި އެމްއެންޑީއެފްގެ ކެމިކަލް އަދި އައިއެމްޑީޖީއާ ބެހޭގޮތުން ވެސް މައުލޫމާތު ދޭނެއެވެ.
މީގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާގެ ފަރާތުން، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާއި ބެހޭ މައުލޫމާތާއި ސައިބަރ ސެކިއުރިޓީ އާއި ގުޅޭ މައުލޫމާތާއި، ޓީމް ބިލްޑިންގ އެކްޓިވިޓީގެ އިތުރުން އެންސިސްގެ ފީލްޑް ޓްރިޕެއް ވެސް މި ވޯކްޝޮޕްގެ ތެރެއިން ކުރިޔަށް ގެންދާނެއެވެ.
މި ވޯކްޝޮޕު ނިންމާ ބައިވެރިންނަށް އެމްޕީއެލްއިން ސެޓްފިކެޓް ދޭނެއެވެ.
އެމްޕީއެލްގެ ސޭފްޓީ ވީކް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ ނިޔަލަށެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން، މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ އެންމެވެސް ހޭލުންތެރިކޮށް އިސްކަންދޭ ސަގާފަތެއް އާލާކުރުމަށް ހިންގާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!