ކުޅުދުއްފުށި ސިޓީގެ ޕޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކުޅުދުއްފުށި ޕޯޓް ލިމިޓެޑް (ކޭޕީއެލް) އާ ގުޅިގެން އަފީފުއްދީން ސްކޫލަށް ޓީވީ ހަދިޔާ ކޮށްފިއެވެ.

އެމްޕީއެމްލުން އެ ސްކޫލަށް ދެ ޓީވީ ހަދިޔާ ކުރަން ނިންމާފައިވާއިރު ކޭޕީއެލް އިން ވަނީ ތިން ޓީވީ ހަދިޔާ ކޮށްފައެވެ. އެމްޕީއެލުން ދޭ ދެޓީވީ ދޭން ނިންމީ އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓުގެ ދެ ބޭފުޅުންނެވެ.

Ad
rt

މި ޓީވީތައް ހަވާލުކޮށްފައިވަނީ މިއަދު މެންދުރު އަފީފުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ކުންފުނީގެ އިސްވެރިން އަދި ކުޅުދުއްފުށީ ޕޯޓުގެ އިސްވެރިންގެ އިތުރަށް ސްކޫލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޭޕީއެލްއަކީ ސަރަހައްދީ ޕޯޓުތަކުގެ ތެރެއިން އެންމެ ބިޒީ އެއް ޕޯޓެވެ. އެ ޕޯޓުގެ އޮޕަރޭޝަންތައް ފެށުމާއެކު ތިލަދުންމަތީގެ ގިނަ މުދަލުގެ އަގު ވަނީ ކުރިއާ އަޅާބަލާއިރު ހެޔޮވެފައެވެ.