މި އަހަރުގެ ފުރަތަމަ ހަ މަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 47،408 ކޮންޓެއިނަރު ކްލިއާ ކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކްލިއާ ކުރި ކޮންޓެއިނަރާ އަޅާ ބަލާއިރު 2000 ކޮންޓެއިނަރުގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކްލިއާ ކުރީ 49،700 ކޮންޓެއިނަރެވެ.
އެމްޕީއެލްގެ ފުރަތަމަ ހަ މަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ގާތްގަނޑަކަށް 54،600 ޓަނުގެ މުދާ މާލެ ވިޔަފާރި ބަނދަރުން ވަނީ ކްލިއާ ކޮށްފައެވެ.
މާލޭގެ ވިޔަފާރި ބަނދަރަށް އަހަރަކު 60،000 - 70،000 ކޮންޓޭނަރު ބޭލޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. ނަމަވެސް ބައެއް އަހަރުތަކުގައި އެއަށްވުރެ ގިނައިންވެސް ކޮންޓެއިނާ ކްލިއާ ކުރެއެވެެ. އެގޮތުން 2019ވަނަ އަހަރު ނިމުނުއިރު 140،000 ކޮންޓެިނާ ކްލިއާ ކުރިއެވެ.
ވިޔަފާރި ބަނދަރުގެ ކެޕޭސިޓީ އަށް ވުރެ އިތުރަށް އެތަނުގައި މުދާ ކްލިއާ ކުރަމުން އަންނަ އިރު އެކަމަށް ހައްލެއް ހޯދުމަށް ގޅީފަޅުގައި އާ ބަނދަރެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!