Skip to main content
Topic Archive

#ހައިކޯޓު

170 Stories filed
ފުއްގިރީގެ މައްސަލަ ހުކުމާ ހިސާބުގައި އޮއްވާ ޔާމީން ހައި ކޯޓަށް
Court reporting

ފުއްގިރީގެ މައްސަލަ ހުކުމާ ހިސާބުގައި އޮއްވާ ޔާމީން ހައި ކޯޓަށް

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވަން ތައްޔާރުވެފައި ވަނިކޮށް އެ މައްސަލައާ ގުޅޭ ނިންމުންތަކެއް ޔާމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. ޔާމީންގެ ވެރިކަމުގައި ފުއްގިރި ކުއްޔަށް ދިނުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި, އެ ފައިސާ ލޯންޑާކުރި ކަމަށް ބުނެ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް މިމަހުގެ ކުރީކޮޅު ނިންމާލުމަށްފަހު މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ […]

ހުޅުމާލޭ ހޮސްޕިޓަލްގެ ފާމަސީގެ މައްސަލާގައި އާސަންދައަށް ހައި ކޯޓުން ވެސް ނާކާމިޔާބު
Raajje

ހުޅުމާލޭ ހޮސްޕިޓަލްގެ ފާމަސީގެ މައްސަލާގައި އާސަންދައަށް ހައި ކޯޓުން ވެސް ނާކާމިޔާބު

ހުޅުމާލެ ހޮސްޕިޓަލްގައި ހިންގަމުންދާ ފާމަސީއެއްގެ މައްސަލާގައި އާސަންދަ ކުންފުނިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިނުގަނެ, ބޭރުކޮށްލައިފި އެވެ. ސަންޓްރިއާ ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އާސަންދަ ކުންފުނިން 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރާ މައްސަލާގައި އާސަންދަ ކުންފުނިން ސިވިލް ކޯޓުގައި ވަނީ އެ ކުންފުނިން އެ ހުޅުމާލޭ ހޮސްޕިޓަލްގައި ހިންގާ ފާމަސީ ހުސްކުރަން ވަގުތީ އަމުރެއް ނެރެދޭން އެދިފަ އެވެ. ނަމަވެސް ސިވިލް ކޯޓުން ކުރިން ނިންމީ އެތަން ހުސްކުރަން […]

އިހަވަންދޫގައި މީހަކު މަރާލި މައްސަލާގެ ޝަރީއަތް ނުވަ އަހަރު ފަހުން ހައި ކޯޓުން ފަށައިފި
Thiladhunmathi News

އިހަވަންދޫގައި މީހަކު މަރާލި މައްސަލާގެ ޝަރީއަތް ނުވަ އަހަރު ފަހުން ހައި ކޯޓުން ފަށައިފި

ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ސުމޮން މިއާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ. ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ. އެ ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ […]

އިޒުމީރު މަރާލި މައްސަލާގައި ސަލާމަތްވި ދެ މީހުން ހައި ކޯޓުން ބަންދެއް ނުކުރި
Raajje

އިޒުމީރު މަރާލި މައްސަލާގައި ސަލާމަތްވި ދެ މީހުން ހައި ކޯޓުން ބަންދެއް ނުކުރި

މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އިޒުމީރު މުހައްމަދު އަހުމަދު ދީދީގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން އިސްތިއުނާފް މަރުހަލާގައި ބަންދު ނުކުރަން ނިންމައިފި އެވެ. ފެބްރުއަރީ، 2023 ގައި ސ. ހިތަދޫ އިރުމީޒަށް ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ މީހުންގެ މައްޗަށް ކުށް […]

ޒިޔަދަމްގެ ގާތިލަށް ހައި ކޯޓުން ވެސް އިއްވީ މަރުގެ އަދަބު
Raajje

ޒިޔަދަމްގެ ގާތިލަށް ހައި ކޯޓުން ވެސް އިއްވީ މަރުގެ އަދަބު

ލ. މުންޑޫގައި މަރާލި އަލީ ޒިޔަދަމްގެ މަރުގެ މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. މުންޑޫގައި 2015 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އެ ރަށު ނޫވިލު، ޒިޔަދަމަށް ހަމަލާދީ މަރާލި މައްސަލާގައި އެ ރަށު ހީނާވިލާ ޝަނޫނާއި އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވި އެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވުމުން ޝަނޫން މެރުމަށާއި އަދި އެކަމުގައި […]

ޝިފާއުގެ 109 އަހަރުގެ ޖަލު ހުކުމަށް ލުޔެއް ދެވޭކަށް ނެތް: ހައި ކޯޓް
Raajje

ޝިފާއުގެ 109 އަހަރުގެ ޖަލު ހުކުމަށް ލުޔެއް ދެވޭކަށް ނެތް: ހައި ކޯޓް

ސައްހަ ނޫން ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން އެކި ކުންފުނިތަކުގެ އަތުން އޮޅުވާލައިގެން މުދާ ހޯދި މައްސަލާގައި 109 އަހަރަށް ޖަލަށްލާފައި ހުސައިން ޝިފާއުގެ ބަންދަށް މިވަގުތު ލުޔެއް ދެވެން ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ. ސައްހަ ނޫން ޓީޓީތަކެއް ފޮނުވައިގެން 123،000 ޑޮލަރު (1.9 މިލިއަން ރުފިޔާ) ގެ މުދާ ހޯދި މައްސަލާގައި ޝިފާއުގެ މައްޗަށް ކުރި 23 ދައުވާއެއް ސާބިތުވެ, 109 އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ހަތް މިލިއަން […]

ކުރީގެ ސަރުކާރުގައި "އިގްތިސާދު ރަނގަޅުކުރި ގޮތް" ހޯދަން އުޅުނު ގައުމުތަކުގެ މައުލޫމާތު ހާމަކުރަނީ
Raajje

ކުރީގެ ސަރުކާރުގައި "އިގްތިސާދު ރަނގަޅުކުރި ގޮތް" ހޯދަން އުޅުނު ގައުމުތަކުގެ މައުލޫމާތު ހާމަކުރަނީ

ކުރީގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރި ގޮތް ބަލަން އުޅުނު ބޭރުގެ ގައުމުތަކާ ގުޅޭ މައުލޫމާތު ހާމަކުރަން އެންގި އެންގުމާ ދެކޮޅަށް އޭރުގެ ސަރުކާރުން ހައި ކޯޓަށް ހުށަހެޅި މައްސަލަ މި ސަރުކާރުން އަނބުރާ ގެންގޮސްފި އެވެ. ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރި ގޮތް ބަލަން ބޭރުގެ ގައުމުތަކުގެ ވެރިން ރާއްޖޭގެ ކިބައިން އެދުނު ކަމަށް 2023 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި އޭރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް […]

ބައްސާމްގެ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފި
Raajje

ބައްސާމްގެ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމުރުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމެންޓާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަން ހައި ކޯޓުން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އަމުރެއް ނެރެފި އެވެ. އެފްއޭއެމްގެ ފައިސާތަކަކަށް ހިޔާނާތްތެރިވެ, އެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމެންޓްތަކެއް ގަތް ކަމަށް ބުނެ ބައްސާމްގެ މައްޗަށް ދައުލަތުން ދައުވާކޮށް, ބައްސާމްގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެ މައްސަލާގައި […]

ޝިޔާމަށް 12 އަހަރުފަހުން ފުލުހުންގެ ވަޒީފާ އަލުން ދީފި
Raajje

ޝިޔާމަށް 12 އަހަރުފަހުން ފުލުހުންގެ ވަޒީފާ އަލުން ދީފި

މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދީފި އެވެ. ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރެއްގެ ގޮތުގައި ހުއްޓާ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކޮށް، ޝިޔާމް ވަޒީފާއިން ވަކިކުރީ 2014 ވަނަ އަހަރު އެވެ. ޝިޔާމަށް އަލުން ވަޒީފާދޭން އަމުރު ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން ކުރިން ހުކުމްކުރި ނަމަވެސް ދާދިފަހުން ހައި ކޯޓުން އެންގީ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި […]

ޝަމްއާންގެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި
Raajje

ޝަމްއާންގެ މައްސަލާގައި ހުކުމް އިއްވުން ފަސްކޮށްފި

ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކޮށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ. މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގ...

އައްމަޓީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލާގެ ޝަރީއަތް ހައި ކޯޓުން ފަށައިފި
Raajje

އައްމަޓީގެ މައްޗަށް ކުށް ސާބިތުނުވި މައްސަލާގެ ޝަރީއަތް ހައި ކޯޓުން ފަށައިފި

ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ނިންމި މައްސަލާގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށައިފި އެވެ. ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެ ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި […]

ސާހިލް ތިން އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް
Raajje

ސާހިލް ތިން އަހަރަށް ޖަލަށްލި މައްސަލަ ހައި ކޯޓަށް

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ސާހިލް އަލީގެ މައްޗަށް އެހެން ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލި މައްސަލަ ސާހިލްގެ ފަރާތުން އިސްތިއުނާފްކޮށްފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި އޮގަސްޓް 2022 ގައި، ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، […]

ބާތިލްކުރި ވޯޓެއް ސައްހަ ކަމަށް ހުކުމްކުރުމުން މީދޫ ރައީސްގެ ގޮނޑީގެ ވޯޓު އެއްވަރުވެއްޖެ
Raajje

ބާތިލްކުރި ވޯޓެއް ސައްހަ ކަމަށް ހުކުމްކުރުމުން މީދޫ ރައީސްގެ ގޮނޑީގެ ވޯޓު އެއްވަރުވެއްޖެ

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމުން ނަތީޖާ އެއްވަރުވެއްޖެ އެވެ. މީދޫ ކައުންސިލްގެ ރައީސް ކަމަށް ޕީއެންސީންނާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަމިއްލަ ކެންޑިޑޭޓަކު ވާދަ ކުރިއިރު, 392 ވޯޓުން ހޮވުނީ އެމްޑީއޭގެ ކެންޑިޑޭޓެވެ. އަދި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމަށް ލިބުނީ 391 ވޯޓެވެ. އެ މައްސަލަ ސުހާގެ […]

ހައި ކޯޓުން ތިން ވޯޓެއް ބާތިލް ކުރުމުން ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް
Raajje

ހައި ކޯޓުން ތިން ވޯޓެއް ބާތިލް ކުރުމުން ވޭވަށު ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް

މިިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލަށް މެމްބަރުން ހޮވަން ދީފައިވާ ތިން ވޯޓު ކަރުދާހެއް ބާތިލް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކުރުމާއެކު, އެ ކައުންސިލްގެ މެޖޯރިޓީ ޕީއެންސީއަށް ލިބިއްޖެ އެވެ. ކައުންސިލް އިންތިހާބުގައި ވޭވަށު ކައުންސިލްގެ ތިން މެމްބަރުންގެ ތެރެއިން ރައީސްކަމާއި މެމްބަރުކަމުގެ މަގާމު އެމްޑީޕީއަށް ކާމިޔާބުވިއިރު, ޕީއެންސީއަށް ކުރިން ލިބިފައި އޮތީ އެންމެ ގޮނޑި އެކެވެ. އެ ކައުންސިލަށް ޕީއެންސީ ޓިކެޓްގައި ވާދަކުރި މުހައްމަދު ނަޒީހު ހައި ކޯޓަށް މައްސަލަ […]

އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓައި ހުކުމް އިސްތިއުނާފް ކޮށްފި
Raajje

އައްމަޓީގެ ޕާސްޕޯޓު ހިފަހައްޓައި ހުކުމް އިސްތިއުނާފް ކޮށްފި

ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ. މި މައްސަލައިގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއްވެސް ހައިކޯޓުން ވަނީ ނެރެފައެވެ. ޕީޖީ އޮފީހުން ބުނީ ސީލައިފް ގްލޯބަލް އިންކް [...