ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ބަންދުން ދޫކޮށްލި ކަމަށް ތުހުމަތުކޮށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން ފަސްކޮށްފި އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ޝަމްއާން މަގާމުން ވަކިކޮށް, އޭނާ ހައްޔަރުކުރީ 500،000ރ. އާއެކު އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއަކު ޝަމްއާންގެ އަމުރަށް އޭގެ އެއް ދުވަސް ފަހުން ދަންވަރުގެ ވަގުތެއްގައި ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ މުވައްޒަފުންތަކެއް އެ މީހާ އަތުން ފައިސާ އަތުލައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ.

Ad
rt

އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ދައުލަތުން ކުރަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

އެ މައްސަލާގެ ހުކުމް މިއަދު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖެއްސުމަށްފަހު އެހެން ދުވަހަކަށް ހުކުމް އިއްވުން ފަސްކޮށްފައިވާކަން މިހާރު ވަނީ އަންގައިފަ އެވެ.

އެ މައްސަލާގައި ޝަމްއާން ކުރިން ހައްޔަރުކުރި ނަމަވެސް އޭނާ މިހާރު ހުރީ ދޫކޮށްލައިފަ އެވެ.