ހއ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ސުމޮން މިއާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ.

ޖޫން، 2017 ގައި އިހަވަންދޫ އައިސްޕްލާންޓްގައި ޅ. ހިންނަވަރު، އިސްމާއިލް އުމަރު (އިއްސެ) މަރާލީ އެތަނުގައި އޭނާއާ އެކު މަސައްކަތްކުރި ބިދޭސީއެއް ކަމަށްވާ ސުމޮން މިއާ އެވެ.

Ad
rt

އެ ދެ މީހުންގެ ދެމެދުގައި އޮތް ރުޅިވެރިކަމެއްގެ ސަބަބުން ތޫނުއެއްޗަކުން ހަމަލާދީ އިއްސެ މަރާލި މައްސަލާގައި ސުމޮން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ހާދިސާ ހިނގިތާ ފަސް އަހަރު ފަހުން މާޗް, 2022 ގަ އެވެ.

އެ ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުގެ ފަރާތުން 2022 ވަނަ އަހަރު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ޝަރީއަތް މިއަދު ފެށުމާއެކު, ސުމޮން އެދުނީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނުމަށެވެ. އަދި އެ ފުރުސަތު ދިނުމަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފަ އެވެ.

ސުމޮންއަކީ ރާއްޖޭގައި މަރުގެ ހުކުމް އިއްވި ދެ ބިދޭސީންގެ ތެރެއިން އެކަކެވެ. އޭނާ ވަނީ ކޯޓުގައި އެކަމަށް އެއްބަސްވެފަ އެވެ. އެކަމަކު ފަހުން އޭނާ އިންކާރުކޮށް، ބުނަމުން ދިޔައީ އިއްސެ މަރާލީ އޭނާ ކަމަށެވެ.