ރައްކާތެރިގޮތުގައި ކުނި އުކާ މަކުނުދޫ ރައްޔިތުންނަށް ކައުންސިލުން އެވޯޑް ދެނީ
ހދ.މަކުނުދޫގައި އެންމެ ރަނގަޅު ގޮތުގައި ކުނިއުކާ ފަރާތްތަކަށް، އިނާމް ދިނުމުގެ ޕްރޮގްރާމެއް ތަޢާރަފް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ގޭބިސީތަކުގައި ކުނި ވަކިކުރުމަށް، ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން، އެންމެ ރަނގަޅަށް ކުނި ވަކިކޮއްފައިވާ ފަރާތްތައް ފާހަގަކޮށް، ” ވެށިސާފު އެވޯޑް ” ގެ ނަމުގައި އެވޯޑް ދިނުމަށް ކައުންސިލްގެ އާއްމު ބައްދަލްވުމުގައި ނިންމާފައިވާކަމަށް އެ ކައުންސިލުން މަޢުލޫމާތު ދީފައިވެއެވެ. ކައުންސިލްގެ ކުރިއަށް އޮތް އާއްމު ބައްދަލުވުމުގައި “ވެށިސާފު” އެވޯޑު ދިނުމ...