ހދ. މަކުނުދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙްކޮށްފިއެވެ.

މި ވެބްސައިޓް އިފްތިތާޙްކޮށްފައި ވަނީ 14 މޭ 2026 ދުވަހުގެރޭ ނިމިދިޔަ ކައުންސިލްގެ 4 ވަނަ ދައުރުގެ ތެރޭގައެވެ.

Ad
rt

މަކުނުދޫ ކައުންސިލުން ބުނިގޮތުގައި މި ވެބްސައިޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނާއި ގާތުން ދެފުއްފެންނަ ގޮތަށް ޚިދުމަތް ދިނުމަށްޓަކައި އެ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށެވެ.

މި ވެބްސައިޓަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކައުންސިލްގެ މަސައްކަތްތައް ޒަމާނީކޮށް، މައުލޫމާތާއި ޚިދުމަތްތައް އެއް ފުރާޅެއްގެދަށުން ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން މަކުނުދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މަކުނުދޫ ކައުންސިލްގެ ވެބްސައިޓް: makunudhoo.gov.mv

މީގެ އިތުރުން މި ވެބްސައިޓަކީ ހަމައެކަނި މައުލޫމާތުގެ އިތުރުން ޝަކުވާތަކާއި ރައްޔިތުންގެ ޚިޔާލުތައް ކައުންސިލަށް ހުށަހެޅުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށް ވެސް މަކުނުދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މަކުނުދޫ ކައުންސިލުން ބުނެފައިވާގޮތުގައި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ކައުންސިލްގެ މަސައްކަތްތައް ހަރުދަނާކުރުމަކީ ރަށުގެ ކުރިއެރުމަށް ލިބޭނެ ބޮޑު ބާރެއްކަމަށް ދެކޭ ކަމަށެވެ.