މަކުނުދޫ "ސުއްކަތުރާ" ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލި ނެގުން މަނާ
ހދ. މަކުނުދޫ “ސުއްކަތުރާ” ސަރަހައްދު ފިޔަވައި އެހެން ހުރިިހާ ސަރަހައްދަކުން ވެލި ނެގުމަކީ މަނާކަމެއްކަން މަކުނުދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ. މިކަމާ ގުޅިގެން މަކުނުދޫ ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މަކުނުދޫ ކައުންސިލްގެ 5 އަހަރު ތަރައްޤީ ޕްލޭނުގައި ވެލިނެގުމަށް ކަނޑައެޅިފައިވާ ސަރަހައްދަކީ ހަމައެކަނި “ސުއްކަތުރާ” ކަމަށެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ވެލި ނެގުމަށް ޚާއްސަކޮށްފައިވާ މި ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުން ވެލިނަގަމުން ދާކަމަށް އެ ކައުނ...