ހދ. މަކުނުދޫގައި އަލަށް ގާއިމުކުރި ލައިސަންސް ޓްރެކާއި ކައުންސިލް އިދާރާގެ އައު "މީޓިންގ ރޫމް" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިއީ މަކުނުދޫ ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގާއިމުކުރެވުނު ދެ ޚިދުމަތްކަމަށް މަކުނުދޫ ކައުންސިލުން ވަނީ ބުނެފައެވެ.
މަކުނުދޫގައި އަލަށް ތަރައްޤީކުރި ލައިސަންސް ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތާއި، އުންސިލް އިދާރާގެ އައު "މީޓިންގ ރޫމް" ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 14 މޭ 2026 ގައި ނިމިދިޔަ ކައުންސިލްގެ 4 ވަނަ ދައުރުގެ ތެރޭގައެވެ.
މަކުނުދޫ ކައުންސިލް އިދާރާގެ އައު މީޓިން ރޫމް ހުޅުވަނީ، ފޮޓޯ: މަކުނުދޫ ކައުންސިލް
މަކުނުދޫގައި ގާއިމުކުރި ޓްރެކަކީ ރަށުގައި ތިބެގެން ފަސޭހަކަމާއެކު ލައިސަންސް ނެގުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ.
ލައިސަންސް ޓްރެކްގެ އިތުރުން، ކައުންސިލްގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ވަނީ އައު "މީޓިންގ ރޫމް" އެއްވެސް އިފްތިތާޙުކޮށްފައެވެ. މި މީޓިންގ ރޫމްގެ ސަބަބުން ކައުންސިލްގެ ބައްދަލުވުންތަކާއި އިދާރީ މަސައްކަތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.
މި މަޝްރޫޢުތަކަކީ މަކުނުދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމާލެވުނު މުހިންމު ދެ މަސައްކަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!