މާމަކުނުދޫ ފުޓްސަލް: ބިއްލެޑޭ އެފްސީ އަށް ބޮޑު މޮޅެއް، ދަގަތަ އެފްސީ، ރޯނު އެފްސީން އަދި ޒައިޒީ ޗެލެންޖާސް އަށް ކާމިޔާބު
ހދ މަކުނުދޫ ކައުންސިލްގެ “މާމަކުނުދޫ ފުޓްސަލް ޗެލެންޖް”ގެ އިއްޔެގެ މެޗުތަކުން އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ބިއްލެޑޭ އެފްސީއެވެ. އެ ޓީމުން ވަނީ އިހްވާން އެފްސީގެ މައްޗަށް 10-2ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބިފައިވަނީ އެ ޓީމަށް 4 ލަނޑު ޖަހައި ޕޯކާ ފުރިހަމަކޮއްފައިވާ މުޙައްމަދު ޔަފާޢުއެވެ. މީގެއިތުރުން މުޙައްމަދު ނައިސަމް ވަނީ އެ ޓީމަށް 3 ލަނޑު ޖަހައިދީ ހެޓްރިކް ފުރިހަމަކޮއްފައެވެ. އިއްޔެ ކުޅުނު އަންހެން ޑިވިޜަނުގެ މެޗުތަކުން، […]