Skip to main content
Topic Archive

#ހދ ކުރިނބީ

77 Stories filed
ކުރިނބީގައި ކެންވާ ކޯހެއް ފަށައިފި
Thiladhunmathi News

ކުރިނބީގައި ކެންވާ ކޯހެއް ފަށައިފި

ކުރިނބީގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން، ކެންވާ ކޯހެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ޚާއްޞަ ކޯހެކެވެ. ކުރިނބީ ކައުންސިލުން ބުނި ގޮތުގައި، މި ކޯހަކީ އެ ކައުންސިލާއި، އުކުޅަސް ހޯޕް އަދި ޚިދުމަތް ޖަމިއްޔާ ގުޅިގެން ކުރިއަށްގެންދާ ތަމްރީނެކެވެ. މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ރަށުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށެވެ. އެ ރަށުގެ މުއައްސަސާތަކުން މި ކޯ...

ކުރިނބީއަށް ރީތިނަން ހޯދައިދިން ފަރާތްތަކުގެ އަގުވަޒަންކުރަނީ
Thiladhunmathi News

ކުރިނބީއަށް ރީތިނަން ހޯދައިދިން ފަރާތްތަކުގެ އަގުވަޒަންކުރަނީ

ހދ. ކުރިނބީއަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް އެ ކައުންސިލުން މަސައްކަތް ފަށައިފިއެވެ. އެ ގޮތުން، ރަށަށް ރީތިނަން ހޯދައިދޭ ފަރާތްތަކުގެ ގޮތުގައި، އެ ރަށަށް ނިޞްބަތްވާ ޤައުމީ ފެންވަރުގެ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، އަތޮޅު އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުން ވަނަތައް ޙާޞިލުކޮށްފައިވާ ފަރާތްތަކާއި، ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތައް ޙާޞިލްކޮށްފައިވާ އެންމެހައި ފަރާތްތައް ހިމަނާފައިވެއެވެ. އެހެންކަމުން، އެ ކައުންސިލުން ވަނީ 1 ޖުލައި...

ކުރިނބީ ސުކޫލު ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި
Thiladhunmathi News

ކުރިނބީ ސުކޫލު ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފި

ހދ. ކުރިނބީ ސުކޫލުގެ ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ކުރިނބީ ޕޮލިހާއި ކުރިނބީ ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ކުރިނބީ ސުކޫލުގެ ގްރޭޑް 7 އިން ފެށިގެން ގްރޭޑް 10 އާ ދެމެދުގެ ގްރޭޑްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ. ސެޕްޓެމްބަރު 9 ގައި ކުރިއަށް ދިޔަ މި ސެޝަންގައި، […]

ކުރިނބީ ޕޮލިހުން އެރަށު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ސެޝަނެއް
Thiladhunmathi News

ކުރިނބީ ޕޮލިހުން އެރަށު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ސެޝަނެއް

ހދ. ކުރިނބީ ސުކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ކުރިނބީ ޕޮލިހާއި ސުކޫލު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. 09 ސެޕްޓެމްބަރ 2026ގައި ކުރިއަށް ގެންދިޔަ މި ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ ސުކޫލުގެ ގްރޭޑް 7 އިން 10 ގެ ދަރިވަރުންނަށެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނި ގޮތުގައި، މި ސެޝަންގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އިޖުތިމާއީ ރިވެތި އަހުލާގު އަށަގެންނެވުމާއި، ޒިންމާދާރު ދަރިވަރަކަށްވުމަށް ކުރެވޭނެ ކަންތައްތައް ކި...

ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި
Thiladhunmathi News

ކުރިނބީ މެޗުން ލިބުނު މޮޅާއެކު ނޭކުރެންދޫ އުންމީދު އާކޮށްފި

“އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026″ގެ ހދ.އަތޮޅު ބުރުގައި ކުރިނބީ އަތުން ހޯދި މޮޅާއެކު ނޭކުރެންދޫ އިން ތިން ޕޮއިންޓް ހޯދައިފިއެވެ. ނޮޅިވަރަންފަރުގައި ކުރިއަށްދާ މި ބުރުގައި ހޮނިހިރު ދުވަހުގެރޭ ނޭކުރެންދޫން މޮޅު ހޯދީ 2-1 އިން ކުރިނބީ ބަލިކޮށްގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކުރިނބީންނެވެ. އެއީ އެ ޓީމްގެ ޒިޔާން ޖަހައިދިން ލަނޑެކެވެ. ނޭކުރެންދޫ ނަތީޖާ ހަމަހަމަ ކުރި ލަނޑު ފެނުނީ މި ހާފުގައެވެ. އެއީ ނައިވާދޫ މެޗުގައި ވެސް ނޭކުރެންދޫ އަށް […]

އުމުރުން ދުވަސްވީ ކުޅުންތެރިންގެ މެޗަކުން ކުރިނބީ ކައުންސިލް ކަޕް ފަށައިފި
Thiladhunmathi News

އުމުރުން ދުވަސްވީ ކުޅުންތެރިންގެ މެޗަކުން ކުރިނބީ ކައުންސިލް ކަޕް ފަށައިފި

ހދ. ކުރިނބީ ކައުންސިލުން އެރަށުގެ ދެ ޖިންސަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކައުންސިލްކަޕް 2026 ފުޓްސަލް މުބާރާތް އިއްޔެ ފަށައިފިއެވެ. ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތް ފެށުމުގެ ގޮތުން ވަނީ އުމުރުން ދުވަސްވީ މީހުން ހިމެނޭ އެރަށުގެ އުތުރު އަވަށާއި ދެކުނު އަވަށް ތަމްސީލުކުރާ ހާއްސަ ފުޓްސަލް މެޗް ކުޅެފައެވެ. މި މެޗުގައި އެރަށުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ. ކުރިނބީ ކައުންސިލްގެ 2026 ވަނަ އަހަރުގެ ފުޓްސަލް މުބާރާތުގައި […]

ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް
Thiladhunmathi News

ކުރިނބީ ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް

ހދ. ކުރިނބީ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ފުޓްސަލް ކޯޗިންގ ކޭމްޕެއް ބާއްވައިފިއެވެ. މި ފުޓްސަލް ކޭމްޕަކީ ކުރިނބީ ކައުންސިލާއި، ފުލުހުން އަދި އ.ތ.މ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. ޖުލައި 2 ވަނަ ދުވަހު ފަށައި ހަވީރާއި ރޭގަނޑުގެ ސެޝަންތަކާއެކު ކުރިއަށް ގެންދިޔަ މި ކޭމްޕް ނިންމައި ލީޑިންގ ކޯޗް ރިޟާ އަދި ފުލުންނަށް ހަނދާނީ ލިޔުން ހަވާލުކުރުމާއި، ބައިވެރިންގެ ފަރާތުން ހަދިޔާ ހަވާލުކުރުމަށް އިއްޔެ ވަނީ ހާއްސަ ހަފުލާއެއް ބާއްވާފައެވެ. ކުރިނބީ ކައުންސިލުން ވަނީ […]

ކުރިނބީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފި
Thiladhunmathi News

ކުރިނބީގައި ވޭސްޓް މެނޭޖްމެންޓް ސެންޓަރު ޤާއިމުކުރާ ބިން ސާފުކޮށް ނިންމާލައިފި

ހދ. ކުރިނބީގައި ސަރުކާރުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަޝްރޫޢަކީ ސަރުކާރުން ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކުރިނބީ ކައުންސިލުން ބުނެފައިވާގޮތުގައި، މި މަސައްކަތުގެ ތެރެއިން ވޭސްޓް މެނޭޖްމަންޓް ސެންޓަރު އެޅުމަށް ކަނޑައަޅާފައިވާ ބިމުގައި ހުރި، ކޮންމެހެން ކަނޑަންޖެހޭ ނިކަގަސް ވެސް ވަނީ ކަނޑާލާފައެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައިމޯލްޑިވްސް ޓ...

ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް
Thiladhunmathi News

ކުރިނބީގައި މަދިރިން ރައްކާތެރިވުމަށް ހާއްސަ ހަރަކާތެއް

ހދ. ކުރިނބީގައި މަދިރިން ރައްކާތެރިވުމަށްޓަކައި އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުން އިސްނަގައިގެން ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ކުރިނބީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މި ހަރަކާތަކީ އެ ކައުންސިލާއި ރަށުގެ އެކި މުއައްސަސާތައް ގުޅިގެން ހުކުރު ދުވަހުގެ ހެނދުނު 06:30 އިން 09:00 އަށް ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި ހަރަކާތުގެ މައިގަނޑު އަމާޒަކީ ރަށުގައި މަދިރި އުފެދޭނެ ފަދަ ތަންތަން ނައްތާލައި، ބަލިތަކުން ރައްކާތެރިވުމެވެ. މި މަސައްކަތުގެ ތެރެއިން ރަށުގެ...

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި
Thiladhunmathi News

ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ (ހދ.) ކުރިނބީ ކައުންސިލް އިދާރާގެ އައު އިމާރާތް އިއްޔެ ރަސްމީކޮށް ހުޅުވައިފިއެވެ. ކުރިނބީ ކައުންސިލުން ބުނިގޮތުގައި ރަސްމީކޮށް މިއޮފީސް އިމާރާތް ހުޅުއްވައިދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް އެވެ. ކުރިނބީ ކައުންސިލްގެ އައު ކައުންސިލް އިމާރާތުގެ މަޝްރޫއަކީ އެލްޖީއޭގެ ޕީއެސް.އައިޕީ ބަޖެޓުގައި ހިމެނިގެން، ކުރިނބީ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެވ...

ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި
Raajje

ބޮޑު ދެޕާޓީ ބަލިކޮށް، ކުރިނބީ ރައީސްކަން މިނިވަން ކެނޑިޑޭޓް ވިޝާމް ކާމިޔާބުކޮށްފި

ހދ. ކުރިނބީ ކައުންސިލްގެ ރައީސް ހޮވުމަށް އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ޕީއެންސީ އާއި އެމްޑީޕީގެ ކެނޑިޑޭޓުން ބަލިކޮށް، މިނިވަން ކެނޑިޑޭޓް ޢަލީ ވިޝާމް އެ ގޮނޑި ކާމިޔާބުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން އާންމުކޮށްފައިވާ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، ޢަލީ ވިޝާމް، ސޫރަޖް، އިންތިޚާބު ކާމިޔާބުކުރީ ޖުމްލަ 234 ވޯޓާއެކުގައެވެ. މިއީ ސައްހަ ވޯޓުގެ 47.56 އިންސައްތައެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެނޑިޑޭޓް މުޙައްމަދު ސިޔާހަށް ލިބުނީ […]

ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ކުރިނބީގައި ލައިސެންސް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ޢިއުލާންކޮށްފިއެވެ. މިކަމަށް ހުޅުވާލައި ކުރިނބީ ކައުންސިލުން ކުރި ޢިއުލާންގައި މި ސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކޮށް، ރަޖިސްޓްރީކުރުމަށްފަހު ބިޑް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ބިޑްގައި ރަޖިސްޓަރީ ވާންޖެހެނީ އެކަމަށް ޚާއްޞަކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށެވެ. އޮންލައިން ފޯމު މެދުވެރިކޮށް، ލިންކް: https://forms.gle/inrexguGoe3abrgU6 މި ބީލަމުގައި ރަޖިސްޓަރީވުމ...

ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި
Thiladhunmathi News

ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ކުމުންދޫ އާއި ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ މީހުން އުޅޭ 13 ރަށަށް ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި ދެރަށަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ. ކުރިނބީގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް […]

ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ކުމުންދޫ އާއި ކުރިނބީގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ކުމުންދޫ އަދި ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ދެ ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. މި ދެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށ...

ކުރިނބީ ބަނދަރުގެ މަސައްކަތް ނިމޭއިރު ގޮނޑުދޮށް ހިޔާތްކުރެވި މޫދަށް އެރޭ ސަރަހައްދަކާއި އޮޑި އެހެލާނެ ސަރަހައްދެއް
Thiladhunmathi News

ކުރިނބީ ބަނދަރުގެ މަސައްކަތް ނިމޭއިރު ގޮނޑުދޮށް ހިޔާތްކުރެވި މޫދަށް އެރޭ ސަރަހައްދަކާއި އޮޑި އެހެލާނެ ސަރަހައްދެއް

ހދ. ކުރިނބީ ބަނދަރު ތަރައްގީކުރުމުގެ ދެވަނަ ފިޔަވައްސެއްގައި މޫދަށް އެރޭ ސަރަހައްދަކާއި، އޮޑި އެހެލާނެ ސަރަހައްދަކާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ވެސް ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ޖަލްސާގައެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފ...