މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި

290 Stories filed
ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ
Thiladhunmathi News

ކުޅުދުއްފުށީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ

ކުޅުދުއްފުށީ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް ބާއްވާ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ހިއްސާކުރުމަށް މިރޭ ބާއްވަނީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ. އެހެންކަމުން މި ބައްދަލުވުމުގައި އެ ސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މި ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިރޭ 20:30 ގައެވެ. ކުޅުދުއްފުށި ސިޓީގެ ލޭންޑް ޔޫސް ޕްލޭން […]

ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރަން ކުރިމަތިލުމަށް ހުޅުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރަން ކުރިމަތިލުމަށް ހުޅުވާލައިފި

ހދ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމަށްޓަކައި، އެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގެ އެއާޕޯޓުގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ) އިން ކޮށްފައިވާ ޢިއުލާންގައިވާގޮތުން އެކަމަށް ޝައުގުވެރިވާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް( އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ވަނީ މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެން...

ކުޅުދުއްފުށި އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ
Raajje

ކުޅުދުއްފުށި އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަނީ

ހދ. ކުޅުދުއްފުށި ސިޓީގެ އެއާޕޯޓުން ފުރަން ދިޔަ މީހެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނާ މައްސަލަ ސަލާމަތީބާރުތަކުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުން މިރޭ ބުނީ، ކުޅުދުއްފުށި އެއާޕޯޓަށް ފުރަން ދިޔަ އަންހެނެއްގެ ދަބަހުން ވަޒަނެއް ފެނުނުކަމަށް ބުނެ މައްސަލަ އެ އިދާރާއަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. މިއަދު ހަވީރު ލިބުނު މި ރިޕޯޓާއި ގުޅިގެން އެކަމަށް އެޓެންޑްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ‘’ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން’’ ފުލުހުން ބުނެފަވެއެވެ....

ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް
Thiladhunmathi News

ކުޅުދުއްފުށީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ހދ. ކުޅުދުއްފުށީ ސިޓީގައި މަދިރި އުފެދޭ ތަންތަން ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި ހަރަކާތަކީ އެރަށުފައިލޭރިޔާ ޓާސްކް ފޯސް އިން އިންތިޒާމުކޮށްގެން ފައިލޭރިއާ ކޮންޓްރޯލް ކުރުމުގެގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ ދަށުން އެ ސިޓީގައި މަދިރި އުފެދޭ ސަރަހައްދުތައް ނައްތާލުމަށް އެތަންތަން ސާފުކޮށްފައިވާއިރު، އެ ސިޓީގެ ގިނަ މުއައްސަސާތަކާއި، ޖަމްއިއްޔާތަކުން ވަނީ ބޮޑު ބައިވެރިވުމެއް ދީފައެވެ. މިހަރާކާތާއި ގުޅިގެން ހަރަކ...

ކުޅުދުއްފުށީގައި އަލަށް ތަރައްޤީ ކުރި މަސް މާރުކޭޓު ހުޅުވައިފި
Raajje

ކުޅުދުއްފުށީގައި އަލަށް ތަރައްޤީ ކުރި މަސް މާރުކޭޓު ހުޅުވައިފި

ކުޅުދުއްފުށި ސިޓީގައި އަލަށް ތަރައްގީކުރި މަސް މާރުކޭޓު ހުޅުވައިފިއެވެ. މި ތަން ހުޅުވީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ތަން ހުޅުއްވައިދެއްވީ ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗާގެ ކުރީގެ ސީނީއަރ އެގްޒެކްޓިވް ޑިރެކްޓަރު، ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަލީ މުހަންމަދެވެ. މިތަން ހުޅުވިގެން ދިއުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މި މަސް މާރުކޭޓްގެ ޚިދުމަތާއިއެކު މަސްވެރިން ދޯ...

ކުޅުދުއްފުށިން ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު 25 އަށް
Thiladhunmathi News

ކުޅުދުއްފުށިން ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު 25 އަށް

ކުޅުދުއްފުށި ސިޓީން ފައިލޭރިއާ އަށް ޕޮޒިޓިވްވި ބިދޭސީންގެ އަދަދު 25 އަށް އަރައިފިއެވެ. ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ 17 ބިދޭސީއަކު އެރަށުން ވަނީ ފައިލޭރިއާ އަށް ޕޮޒިޓިވްވެފައެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ހާމަކުރީ 14 ޑިސެމްބަރު 2023 ގައެވެ. އެހެންވެ އިތުރު ބިދޭސީން ސްކްރީން ކުރުމުގެ މަސައްކަތް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު) އިން ފެށިއެވެ. އެ […]

އަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ގޮނޑިއަށް ވާދަކުރަނީ
Parliament

އަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ގޮނޑިއަށް ވާދަކުރަނީ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ރައީސް، ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ޢިއުލާން ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރައްފަހު، ދެވަނަ ބުރުގައި ވަކިކޮޅެއް ނެންގެވިކަން ހާމަނުރައްވާ ޢަލީ ވަނީ ދެން އުޅުއްވާނީ ފުޓްބޯޅައިގެ ތެރޭގައި ކަަމަށް ވިދާޅުވެފައެވެ. އެއަށްފަހު ޢަލީ ވަހީދު ވަނީ ޖޭޕީ ދޫކޮށް 7 ޑިސެމްބަރު 2023 ގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފައެވެ. ރިޔާސީ އިންތިޚާބުގައި ޖޭޕީގެ...

ކުޅުދުއްފުށީގައި ގަހުގެ ނާސަރީއެއް ގާއިމުކުރަނީ
Thiladhunmathi News

ކުޅުދުއްފުށީގައި ގަހުގެ ނާސަރީއެއް ގާއިމުކުރަނީ

ކުޅުދުއްފުށީ ސިޓީގައި ގަހުގެ ނާސަރީއެއް ގާއިމުކުރުމުގެ ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މިއީ އެކައުންސިލުން ކުރިއަށްގެންދާ “ފިނިފެހި ސިޓީ” މަޝްރޫއުގެ ދަށުން އެރަށުގައި ގާއިމުކުރާ ތަނެއް ކަމަށެވެ. މިތަން ގާއިމުކުރަން ސިޓީ ކައުންސިލާއެކު ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ ވެހި ރެޑް ކްރެސެންޓާއެކުގައެވެ. މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ހެދޭ އަދި ނެތެމުންދާ ބާވަތްތަކުގެ ގަސްތައް ދިރުވާ އާލާކުރުމާއި، ކުޅުދުއްފުށި ސިޓީގެ އާންމު ސަރަހައްދުތަކަށާއި...

ހދ. އަތޮޅު ލީގް ބަށި މުބާރާތުގެ ޗެމްޕިއަންކަން ނެއްލައިދޫއަށް
Thiladhunmathi News

ހދ. އަތޮޅު ލީގް ބަށި މުބާރާތުގެ ޗެމްޕިއަންކަން ނެއްލައިދޫއަށް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވި “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ޗެމްޕިއަންކަން ނެއްލައިދޫ ބަށި ޓީމުން ކާމިޔާބު ކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހު ހަވީރު ކުޅުނު މުބާރާތުގެ ފައިނަލް މެޗުގައި ނެއްލައިދޫ ބަށި ޓީމުން ވަނީ ކުޅުދުއްފުށީ ޓީމް ކޮރަލްސް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ފާއިތުވި އަހަރު މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރީ މި ދެ […]

ފައިލޭރިއާ ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީގައި ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ކުރިއަށް
Thiladhunmathi News

ފައިލޭރިއާ ކޭސްތަކާއި ގުޅިގެން ކުޅުދުއްފުށީގައި ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ކުރިއަށް

ކުޅުދުއްފުށީ ސިޓީގައި އުޅޭ ބިދޭންތަކެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާއިރު، އެކަމާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާއްސަ ޓާސްކް ފޯހެއް އެކުލަވައިލައިފިއެވެ. ކުޅުދުއްފުށިން ފުރަތަމަ ފައިލޭރިއާ ކޭސްތަކެއް ފެނުނީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ ބިދޭސީން ސްކްރީން ޕްރޮގްރާމްގެ ތެރެއިންނެވެ. އެ ޕްރޮގްރާމްގެ ތެެރެއިން 17 ބިދޭސީއަކު ޕޮޒިޓިވްކަން އެނގުނެވެ. އެހެންވެ އިތުރަށް ސްކްރީނިން ފުޅާކޮށް އިއްޔެގެ ނިޔަލަށް 200 އަށްވުރެ ގިނަ ބިދޭސީން ސ...

ކުޅުދުއްފުށީގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރަން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރަން ހަވާލުކޮށްފި

ކުޅުދުއްފުށި ސިޓީގައި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމަށް އެ ކައުންސިލުން ބަޔަކާއި ހަވާލު ކޮށްފިއެވެ. އެ ކައުންސިލުން މި މަސައްކަތް ގިބްސް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްފައި ވަނީ 1,888,380 (އެއް މިލިއަން އަށް ލައްކަ އައްޑިހަ އައްހާސް ތިން ސަތޭކަ އައްޑިހަ) ރުފިޔާއަށް، 129 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި ޕަބްލިކް ލައިބްރަރީ ތަރައްގީ ކުރުމަށް ނިންމާފައި ވަނީ ކުރިން އެ ރަށުގައި މާރުކޭޓް ހިންގި އިމާރާތުގެ ބައެއްގައެވެ. […]

ކުޅުދުއްފުށީގައި 17 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި 17 ބިދޭސީއަކު ފައިލޭރިއާ އަށް ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީގައި ކުރިއަށް ގެންދިޔަ ބިދޭސީ މަސައްކަތްތެރިން ސްކްރީން ކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން ސްކްރީން ކުރި 17 މީހަކު ފައިލޭރިޔާ ބައްޔަށް ޕޮޒިޓިވްވެއްޖެއެވެ. ޑިސެމްބަރު 1 އިން 2 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ދުނިޔޭގެ އޭޑްސް ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ސްކްރީން ކުރި 17 ބިދޭސީއެއް ފައިލޭރިއާ އަށް ޕޮޒިޓިވްވެފައިވާކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ ބިދޭސީންނަކީ މިހާރު ވެސ...

މަގުލަސްއާއި ކޮރަލްސް މެޗުން އަތޮޅު ލީގް ބަށި މުބާރާތް ހުކުރު ދުވަހު ފަށަނީ
Thiladhunmathi News

މަގުލަސްއާއި ކޮރަލްސް މެޗުން އަތޮޅު ލީގް ބަށި މުބާރާތް ހުކުރު ދުވަހު ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ “ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023” ގެ ކުޅުން އަންނަ ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީގައި ފަށާނެއެވެ. މި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެއެވެ. އެ ޓީމްތަކަކީ ޓީމް ކޮރަލްސް، ދެތަނޑިމާ، ޓީމް މަގުލަސް، ނެއްލައިދޫ ބަށި ޓީމްގެ އިތުރުން ޓީމް ޒިގްޒެގެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ވާދަކުރާނީ […]

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް
Thiladhunmathi News

ކުޅުދުއްފުށީ ކަނބަލުންގެ ނެޓްބޯލް ޗެލެންޖްގެ ޗެމްޕިއަންކަން ފައިވް އަށް

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި “ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023” ގެ ޗެމްޕިއަންކަން ފައިވް އިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މި މަހު 25 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ކުޅުނުއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ފައިވް އާއި ކޭވައިއާރުސީ އެވެ. މި މެޗު 30 ޕޮއިންޓް 25 ޕޮއިންޓުން ކާމިޔާބުކުރީ ފައިވް އެވެ. ފައިނަލް މެޗުގެ […]

ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ
Thiladhunmathi News

ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ

ގެއްލިގެން ހޯދަމުން ދާ ހދ. ކުޅުދުއްފުށި ސިޓީ / ލަންދޫގެ، އަބްދުﷲ އިބްރާހިމް، އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އުމުރުން 39 އަހަރުގެ އަބުދުﷲ އިބްރާހިމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަ ރިޕޯޓުކޮށްފައި ވަނީ މި ނޮވެމްބަރު 3 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ފުލުހުން ގެންދަވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެދުވަހު ފުލުހުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިލައްވާފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު […]