ކުޅުދުއްފުށި ސިޓީގައި އަލަށް ތަރައްގީކުރި މަސް މާރުކޭޓު ހުޅުވައިފިއެވެ.
މި ތަން ހުޅުވީ އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ތަން ހުޅުއްވައިދެއްވީ ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން އިންފްރާސްޓްރަކްޗާގެ ކުރީގެ ސީނީއަރ އެގްޒެކްޓިވް ޑިރެކްޓަރު، ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ އަލީ މުހަންމަދެވެ.
މިތަން ހުޅުވިގެން ދިއުމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، މި މަސް މާރުކޭޓްގެ ޚިދުމަތާއިއެކު މަސްވެރިން ދޯނިން މަސްބޭލުމަށް ބޮއްކުރާގައި އޮށްގާތަކުތެރޭގައި އުފުލަމުންއައި ތަކުލީފު ނިމުމަކަށް ވަނީ ގެނެވިފައެވެ.
އެހެންކަމުން މޭޔަރު ވަނީ ކުޅުދުއްފުށީ ސިޓީގެ މަސްވެރިންނަށް މި ފަސޭހައަށް މަރުޙަބާ ކިޔުއްވާފައެވެ.
މި މަސް މާރުކޭޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އެރަށުގެ ގިނަ އަދަދެއްގެ މަސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!