ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތްކުރާ ކޮމިޓީ ގުޅިގެން ބާއްވާ "ކުޅުދުއްފުށި ބަށިބޯޅަ މުބާރާތް / ހދ. އަތޮޅު ލީގް 2023" ގެ ކުޅުން އަންނަ ހުކުރު ދުވަހު ހަވީރު ކުޅުދުއްފުށީގައި ފަށާނެއެވެ.
މި މުބާރާތުގައި ފަސް ޓީމަކުން ވާދަކުރެއެވެ. އެ ޓީމްތަކަކީ ޓީމް ކޮރަލްސް، ދެތަނޑިމާ، ޓީމް މަގުލަސް، ނެއްލައިދޫ ބަށި ޓީމްގެ އިތުރުން ޓީމް ޒިގްޒެގެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ހަވީރު ވާދަކުރާނީ ޓީމް ކޮރަލްސް އާއި ޓީމް މަގުލަހެވެ
މުބާރާތް މި މަހުގެ 15 ވަނަ ދުވަހުން 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މުބާރާތް ރާވާލާފައި ވަނީ ކޮންމެޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ.
މި މުބާރާތުގައި ގިނަ ވަނަތަކެއް ހޮވައި ފައިސާގެ އިނާމް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަ ހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މުބާރާތުގެ ބަށި ރާނީއަށް 3000 (ތިންހާސް) ރުފިޔާ، އެންމެ މޮޅު ހިފުންތެރިޔާއަށް 1500 (ފަނަރަސަތޭކަ) ރުފިޔާ، އެންމެ މޮޅު ޖެހުންތެރިޔާއަށް 1500 (ފަނަރަސަތޭކަ) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!