ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ބޭއްވި "ކަނބަލުންގެ ނެޓްބޯލް ޗެލެންޖް 2023" ގެ ޗެމްޕިއަންކަން ފައިވް އިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު މި މަހު 25 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ސިޓީ ސްޓޭޑިއަމްގައި ކުޅުނުއިރު، ފައިނަލް މެޗުގައި ބައްދަލުކުރީ ފައިވް އާއި ކޭވައިއާރުސީ އެވެ. މި މެޗު 30 ޕޮއިންޓް 25 ޕޮއިންޓުން ކާމިޔާބުކުރީ ފައިވް އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފައިވްގެ ސަމާ އަބްދުލް ސައްތާރެވެ.

Ad
rt

މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން

ސުވައިދާ މުހައްމަދު – ކޭވައިއާރުސީ

ޝާހިދާ މޫސާ – ކޭވައިއާރުސީ

އިކްރާމާ އަބްދުލް ސަލާމް – ފައިވް

ނަރީމާ އަބްދުލް ރަހްމާން – އަފީފުއްދީން

ޔުމްނާ އަލީ – ފައިވް

ސާދުނާ މުހައްމަދު – ކޭވައިއާރުސީ

މިންނާ ހަސަން – ފައިވް

މުބާރާތުގެ މޮޅު ކުޅުންތެރިން، ފޮޓޯ: ކުޅުދުއްފުށި ސިޓީ އ.ތ.މ ކޮމެޓީ

މުބާރާތުގެ ވެޓްރަންސް އެންމެ މޮޅު ކުޅުންތެރިޔާއަށް ޓީމް ކެޑްގެ އަމީނާ މުހައްމަދު ހޮވުނުއިރު، މޯސްޓް ޕްރޮމައިޒިން ޕްލޭޔާއަށް ހޮވުނީ ފައިވްގެ އައިޝަތު އާޔާ އަލީއެވެ. ފެއާޕްލޭ ޓީމަކީ ޔުނިކް ފްރެންޑްސް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފައިވްގެ ރާޝިދާ މޫސާއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާ ވަނީ ދީފައެވެ.