ކުޅުދުއްފުށީގައި ކުޅިވަރު ކުރިއަރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
ކުޅުދުއްފުށި ސިޓީގައި ކުޅިވަރު ކުރިއެރުވައި، ޒުވާނުން ބިނާކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާ ކުރިއަށް ދިޔައީ، މިނިސްޓަރ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހްލޫފްއާއި، ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި މެމްބަރުންނާއި އެކު އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމގައެވެ. އެ ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ކުޅުުދުއްފުށީގައި ހިންގަވާ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރައްވާފައިވާ ކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވިއެވެ. “މި ބައ...