މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހދ. ކުޅުދުއްފުށި

290 Stories filed
ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ
Thiladhunmathi News

ކުޅުދުއްފުށީގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އުތުރުން ކުޅުދުއްފުށީ ސިޓީގެ އެކި ސަރަހައްދުތަކުގައި ރޭ ފެން ބޮޑުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެ ހިސާބުތަކުން ފެން ހިއްކުމަށާއި، އެމެޖެންސީ އޮޕަރޭޝަން ސެންޓަރަށް އެހީތެރިވުމަށް މޯލްޑިވިއަން ރެޑްކްރެސެންޓް ހދ. ބްރާންޗުން ހަރަކާތްތެވެފައިވާ ކަމަށް އެ ބްރާންޗުން ރޭ ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ، އެ ސިޓީގައި އާދަޔާ ޚިލާފަށް ފެން ބޮޑުވެފައިވާ ކަމަށެވެ. އެހެނ...

ކުޅުދުއްފުށީ މަގު ބައްތިތަކަށް ދިމާވާ މައްސަލަތައް ކައުންސިލަށް ރިޕޯޓް ކުރުމަށް ޝަކުވާ ފޯމެއް
Thiladhunmathi News

ކުޅުދުއްފުށީ މަގު ބައްތިތަކަށް ދިމާވާ މައްސަލަތައް ކައުންސިލަށް ރިޕޯޓް ކުރުމަށް ޝަކުވާ ފޯމެއް

ކުޅުދުއްފުށީ ސިޓީގެ މަގުބައްތި ތަކަށް ދިމާވާ މައްސަލަތައް ކައުންސިލަށް ރިޕޯޓުކުރުން ފަސޭހަކުރުމުގެ ގޮތުން ޝަކުވާ ފޯމެއް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތައާރަފްކޮށްފިއެވެ. އެ ކައުންސިލުން މިއަދު ފޭސް ބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެއްވެސް މަގުބައްތިއެއްގެ މައްސަލަ ފާހަގަކުރެވިއްޖެނަމަ، އެ ފޯމް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމުށް އެދޭކަމަށެވެ. އަދި އެ މައްސަލައެއް ހިއްސާކުރުމުން، ވީއެންމެ އަވަހަކަށް އެމައްސަލައެއް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ކައުންސިލުން ވިދާޅުވެފަވެއެ...

އެލްޖީއޭގެ ސީއީއޯ އަފްޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކޮށްފި
Thiladhunmathi News

އެލްޖީއޭގެ ސީއީއޯ އަފްޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކޮށްފި

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަފްޝަން ލަތީފް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުން އޮތީ ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާގައެވެ. އިއްޔެ ކުރިއަށް ދިޔަ މި ބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވީ، މި ބައްދަލުވުމުގައި ކުޅ...

ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް
Thiladhunmathi News

ނޮޅިވަރަމަށް، ކުޅުދުއްފުށީ ރައްޔިތުންގެ ބޮޑު އެހީއެއް

ކޯވިޑް ބަލީގެ ހާލަތު އިންތިއާއަށް ގޯސްވެ، ހާސްކަން މަތީގައިވާ ހދ. ނޮޅިވަރަމް ރައްޔިތުންނަށް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ. މިއީ ކޯވިޑްގެ ސަބަބުން ގޭ ބަންދުވެފައި ތިބި ނޮޅިވަރަމްގެ ރައްޔިތުންނަށް ލިބިގެން ދިޔަ އިތުރު ހިތްވަރެކެވެ. މީގެ ކުރިންވެސް ކުޅުދުއްފުށީގެ ފަރިރީތި ފިހާރައިންނާއި، އެޑްމޭން ފިހާރައިން ނޮޅިވަރަމަށް 1.2 ޓަނުގެ ރޯމަސް ވަނީ ހަދިޔާކޮށްފައެވެ. މީގެއިތުރުން ބައެއް ރަށްރަށުންނާއި، އެކިއެކި ފަރުދުން އަންނަނީ ނޮޅިވަރަމަށް ދީލަތި އެހީ ފޯރ...

އިންސާނީ ޙައްޤުތައް ކުރިއަރުވައި ދަމަހައްޓަން ކުޅުދުއްފުށީގެ ގިނަ ޖަމިއްޔާތަކާއެކު އެމްއޯޔޫއެއްގައި ސޮއިކުރަން އެއްބަސްވެއްޖެ
Thiladhunmathi News

އިންސާނީ ޙައްޤުތައް ކުރިއަރުވައި ދަމަހައްޓަން ކުޅުދުއްފުށީގެ ގިނަ ޖަމިއްޔާތަކާއެކު އެމްއޯޔޫއެއްގައި ސޮއިކުރަން އެއްބަސްވެއްޖެ

އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް ކުޅުދުއްފުށީގެ ގިނަ މަދަނީ ޖަމިއްޔާތަކާއެކު އެމްއޯޔޫ އެއްގައި ސޮއިކުރަން އެއްބަސްވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ވިދާޅުވެއްޖެއެވެ. އެޗްއާރުސީއެމުން މިހެން ވިދާޅުވީ، އެ ކޮމިޝަނުން ކުޅުދުއްފުށީ ސިޓީގެ ގިނަ މަދަނީ ޖަމިއްޔާތަކަކާއެކު ބައްދަލުކުރުމަށްފަހު އެބައްދަލުވުމާއިގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައެވެ. އެ ކޮމިޝަނުން ވިދާޅުވީ، ބައްދަލުވުމުގައި އިންސާނީ ޙައްޤުތައް ކުރިއަރުވައި ދެމެހެއްޓުމަށް ކުޅުދުއްފުށ...

ޖަލާލުއްދީން ސުކޫލުގެ "އިންކްލޫސިވް ސަޕޯޓް ޔުނިޓް"އަށް ޔާސިރުގެ ބޮޑު އެހީއެއް
Thiladhunmathi News

ޖަލާލުއްދީން ސުކޫލުގެ "އިންކްލޫސިވް ސަޕޯޓް ޔުނިޓް"އަށް ޔާސިރުގެ ބޮޑު އެހީއެއް

ކުޅުދުއްފުށި ސިޓީގައި ހުންނަ ޖަލާލުއްދީން ސްކޫލުގައި މިއަހަރު އަލަށް ތަޢާރަފް ކުރެވުނު ‘އިންކްލޫސިވް ސަޕޯރޓް ޔުނިޓް’ އަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު، ޔާސިރް އަބްދުއްލަޠީފް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެއްވައިފިއެވެ. އެގޮތުން، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް އެ ސުކޫލުގެ ފަރާތުން އުފައްދާފައިވާ މި ޔުނިޓަށް ޔާސިރުވަނީ 98،000 ރުފިޔާގެ ތަކެތި ހަދިޔާ ކުރައްވާފައެވެ. އޭގެ ތެރޭގައި، ޕްރިންޓަރަކާއި، ލެމިނޭޓަރަކާއި، 4 ކޮމްޕިއުޓަރާއި، 4 ކޮމްޕިއުޓަރު...

އިނގިރޭސިވިލާތުގެ ސަފީރު ކުޅުދުއްފުށީގައި
Thiladhunmathi News

އިނގިރޭސިވިލާތުގެ ސަފީރު ކުޅުދުއްފުށީގައި

އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޯސެލަރ ރާއްޖެއަށް ވަޑައިގެން ކުރައްވާ ޒިޔާރަތުގައި އިއްޔެ ކުޅުދުއްފުށި ސިޓީއަށް ޒިޔާރަތްކުރައްވައިފިއެވެ. އެކަމަނާ ކުޅުދުއްފުށްޓަށް ވަޑައިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކޮށް އެ ސިޓީގެ ތަރައްޤީއާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރެޑް ކްރެސެންޓްގެ ހދ. ބްރާންޗްގެ ބޭފުޅުންނާއި ޔޫތް ލެޑް އެންވަރަމެންޓް ބީލީފް ޖަމިއްޔާގެ ބޭފުޅުންނާއި ވެސް އެކަމަނާ ބައްދަލު ކުރެއްވިއެވެ. މިޒިޔާރަތުގައި އެކަމަނާވަނ...

ކުޅުދުއްފުށިން 4 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ކުޅުދުއްފުށިން 4 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ކުޅުދުއްފުށީ ސިޓީއިން 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި މިފަހަރު ފުރަތަމަ ޕޮޒިޓިވްވީ އެ ހޮސްޕިޓަލްގެ ފުލޫ އޯ.ޕީ.ޑީ އަށް ދެއްކި ބަންގުލަދޭޝްގެ ރައްޔިތެކެވެ. އެ މީހާ ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އެހެންކަމުން މި ކްލަސްޓާއާއި ގުޅިގެން މިހާތަނަށް 4 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. ކޭއާރުއެޗްއިން ވިދާޅުވީ، އި...

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށީ ސިޓީން އިތުރު 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި، މި މީހުންނަކީ 16 އޯގަސްޓްގައި ޕޮޒިޓިވްވި ކޭސް އާއި ގުޅުންހުރި ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 4 މީހެއް ކަމަށެވެ. އެހެންކަމުން މި ކްލަސްޓާގެ ޖުމްލަ 7 އަށް އަރާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. ހުމާއި ރޯގާގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ކަމުގައި ވާނަމަ ލަސް ނުކުރައްވާ އެ ހޮސްޕިޓަލްގެ ފުލޫ އޯޕީޑީއަށް ދައްކައި، ނުވަތަ […]

އެއާޕޯޓުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި ހުރުމުން ޔާސިރުގެ ކަންބޮޑުވުން
Thiladhunmathi News

އެއާޕޯޓުގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި ހުރުމުން ޔާސިރުގެ ކަންބޮޑުވުން

ހދ. ކުޅުދުއްފުށީގައި ސަރުކާރުން ތަރައްގީ ކޮށްފައިވާ އެއާޕޯޓްގައި ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވި ހުރުމުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަޠީފް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. މެންބަރު ޔާސިރުގެ މި ކަންބޮޑުވުން ފާޅުކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ. ޔާސިރު ވިދާޅުވީ، ކުޅުދުއްފުށީ އެއާޕޯޓަކީ ކުރީގެ ރައީސް ޔާމީން ނުފުއްދަވާ އޮތް ވަޢުދެއް ކަމަށެވެ. “ތާރުގަނޑަކުން އޮޕަރޭޝަނަލް އެއާާޕޯޓަކަށް މިސަރުކާރުން 10މަސް ތެރޭ ބަދަލުކުރި، އެހެންނަމަވެސް އިތުރަށް ކޮންމެހެން...

ކުޅުދުއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 58އަށް
Thiladhunmathi News

ކުޅުދުއްފުށިން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 58އަށް

ހދ. ކުޅުދުއްފުށި ސިޓީއިން އިތުރު 4 މީހަކު ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ. އެ ސިޓީން އަންގާރަ ދުވަހު 4 މީހަކު ޕޮޒިޓިވްވިއިރު، ހޯމަ ދުވަހު ވެސް ވަނީ 3 މީހަކު ޕޮޒިޓިވްވެފައެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި އިއްޔެ ޕޮޒިޓިވްވި 4 މީހުންނަކީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނެގުނު 8 ސާމްޕަލަކުން ޕޮޒިޓިވްވި ސާމްޕަލް ތަކެކެވެ. ހޯމަ ދުވަހު ޕޮޒިޓިވްވި 3 މީހުންނަކީ ވެސް ޑައިރެކްޓް ކޮންޓެކްޓް ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. ހޯމަ އަދި އަންގާރަ ދުވަހު […]

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި ސިޓީން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލް ތަކަކާއި ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި އެވެ. ކޭއާރްއެޗް އިން ހާމަކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 4 މީހަކީ 24 ވަނަ ދުވަހުގެ ކޭސް އާއި ޑައިރެކްޓް ކޮންޓެކްޓުންނެވެ. މިއަދު ޕޮޒިޓިވްވި ކޭސް ތަކާއިއެކު އެ ސިޓީން […]

ރަައްޔިތުންގެ ހިޔާލު ހޯދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ކްލަބް ހައުސްއަށް
Thiladhunmathi News

ރަައްޔިތުންގެ ހިޔާލު ހޯދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވެސް ކްލަބް ހައުސްއަށް

ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން އެ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުލަބް ހައުސް މެދުވެރިކޮށް ބައްދަލުވުން ތަކެއް ބޭއްވުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިއީ ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕުލޭން ކުރިއަށް އޮތް 5 އަހަރަށް އެކުލަވާލުމަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ގެންދަން ނިންމާފައިވާ ބައްދަލުވުން ތަކެކެވެ. މި ބައްދަލުވުން ތަކުގައި އެސިޓީގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުން ކުޅުދުއްފުށީ ސިޓީ...

ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ
Thiladhunmathi News

ކުޅުދުއްފުށިން އިތުރު 3 ޕޮޒިޓިވް ކޭސް، ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކުވެސް ހިމެނޭ

ކުޅުދުއްފުށީ ސިޓީއިން އިތުރު ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވި ގޮތުގައި ޕޮޒިޓިވްވެފައި ވަނީ 23 ޖުލައި ގައި ފުލޫ އޯޕީޑީއަށް ދެއްކިއިރު ޕޮޒިޓިވްވި ކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވީ މީހުންގެ ތެރެއިން ދެ މީހަކާއި، އިއްޔެ ފުލޫ އޯޕީޑީ އަށް ދެއްކި ފަރާތެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވެފައި ވަނީ އުމުރުން 16 އަހަރުގެ ކުއްޖެކެވެ. 23 ޖުލައިގައި ފުލޫ ކުލިނިކަށް […]

ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ސަބަބުން މޮނިޓަރިން ހާލަތުގައި އޮތް ކުޅުދުއްފުށީ ސިޓީ އާންމު ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކުޅުދުއްފުށީ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓްގެ ފަޅުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ފަޅުވެރިޔާ ޕޮޒިޓިވްވިކަން އިނގުނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކުމުންނެވެ. އެ ކޭހާއި ގުޅިގެން އެދުވަހު އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތުމަށްފ...