މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެެވެ.

ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.

Ad
rt

އޭގެ އިތުރުން ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ސިޓީގައި ހިނގި މި މާރާމާރީގައި ޒަޚަމްވި ޒުވާނާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ މެއި 29 ވަނަ ދުވަހުގެ ރޭ 09:50 ހާއިރު އެވެ. އޭނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ލޭ އެޅިފައިވާތީ އިތުރު ފަރުވާއަށް އޭނާ މާލެ ގެނައީ މެއި 30 ވަނަ ދުވަހުއެވެ.

އޭނާގެ ބޮލުގެ ބޮޑު އޮޕަރޭޝަނެއް އޭޑީކޭގައި އިއްޔެ ވަނީ ކޮށްފައިވާއިރު، އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.