ކުޅުދުއްފުށި ސިޓީއިން އިތުރު ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
މި ދެމީހުން ޕޮޒިޓިވްވުމާއެކު 11 މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު 8 އަކަށް އެރީއެވެ.
މިއަދު ޕޮޒިޓިވްވެފައި ވަނީ އެ ސިޓީން އެންމެ ފަހުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިގެން ހޯމް ކަރަންޓީނުގައި ބައިތިއްބާފަތިބި ދެ މީހުންނެވެ.
މި ދެ މީހުންގެ ފުރަތަމަ ނެގުނު ސާމްޕަލް ނެގެޓިވްވިކަމަށް ދެއްކި ނަމަވެސް ފަހުން ކޯވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ޓެސްޓްކުރިއިރު ވަނީ ޕޮޒިޓިވްވެފަކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވިއެވެ.
މި ވަގުތު ކުޅުދުއްފުށި ސިޓީގައި ކޯވިޑް އެކްޓިވް ކޭސްތަކުގެ ގޮތުގަ 12 މީހުން އެބަތިއްބެވެ. އެ ސިޓީގެ 14 ގެއެއް ވަނީ ކަރަންޓީނު ކޮށްފަ އެވެ.
މިވަގުތު އެ ސިޓީ އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!