ކުޅުދުއްފުށި ސިޓީއިން ކޯވިޑް-19 އަށް އިތުރު 4 މީހުން ޕޮޒިޓިވްވެ، އެ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 17 އަށް އަަރައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ މިމަހުގެ 22 ދުވަހާއި އަދި 23 ވަނަ ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ނެގިފައިވާ 116 ސާމްޕަލްގެ ތެރެއިން 4 ސާމްޕަލް ކަމަށެވެ.

Ad
rt

ޕޮޒިޓިވްވެފައިވަނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ނެގުނު 4 ސާމްޕަލް ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

މިގޮތުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 3 މީހުންނަކީ މާލެއިން އައިސް ހޯމް ކަރަންޓީންވެފައިވާ ފަރާތްތަކެއް ކަމަށާއި ދެން ޕޮޒިޓިވް ވެފައިވަނީ މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދާ ފަރާތެއް ކަމަށް ކޭއާރުއެޗުން މައުލޫމާތުދެއްވައެވެ.

ކޭއާރުއެޗް އިން އިތުރަށް ވިދާޅުވެފައި މި ސާމްޕަލްތަކުގެ ތެރެއިން ނެގުނު ރެންޑަމް 90 ސާމްޕަލްއެއް ވަނީ ނެގަޓިވްވެފައިކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ގައިދުރުކަން އިސްކޮށް، މާސްއެޅުމަށާއި ގިނަގިނައިން އަތްދޮވުމަށް ކޭއާރުއެޗުން އިލްތިމާސްކުރަށްވަ އެވެ.