ހދ. ހިރިމަރަދޫ ކުލަބް ޑޮމިނޭޓާސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ "ޑޮމިނޭޓާސް ފުޓްސެލް ކަޕް 2023" ގެ ޗެމްޕިއަންކަން ކުރިމަގު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ރޭ ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ކުރިމަގު ސްޕޯޓްސް ކުލަބާއި އެފްސީ ޓައިޓަންސްއެވެ. މި މެޗު ކުރިމަގުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިން ޓައިޓަންސް މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކުރިމަގުގެ ޖޯޒީ ނަމްބަރު 4، އަޙްމަދު އާސިފެވެ.
ފައިނަލް މެޗު ނިމުމުން ރޭ ވަނީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓޮރޮފީއާއި މެޑަލް ހަވާލު ކޮށްފައެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ޑޮމިނޭޓާސް
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިނަށް ހޮވުނީ ކުރިމަގުގެ އަހްމަދު އާސިފް އާއި އެ ޓީމްގެ އަޙްމަދު އަފާޤް، ޓައިޓަންސް ޓީމުގެ މުޙައްމަދު ނަޝީދު، އެ ޓީމްގެ އަޙްމަދު ނަދީމްގެ އިތުރުން ލަ މާސިއާގެ މިންހާލް މުޙައްމަދެވެ.
މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ހޮވުނީ ޓައިޓަންސްގެ ޖޯޒީ ނަމްބަރު 7، އަޙްމަދު ނަދީމެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކުރިމަގުގެ ކޯޗް، ތޯހާ ވަހީދެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާއަށް ހޮވުނީ ލަ މާސިއާގެ ޖޯޒީ ނަމްބަރު 17، އަޙްމަދު އާސިފެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގެ އޮފް ދަ ޓޯނަމަންޓް) އަށް ހޮވުނީ ކުރިމަގުގެ އަޙްމަދު އަފާޤެވެ.
މުބާރާތުގެ ރަނަރަޕް ޓީމަކީ އެފްސީ ޓައިޓަންސްއެވެ މުބާރާތުގެ ފެއާޕްލޭ ޓީމަކީ ލަ މާސިއާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!