Skip to main content
Topic Archive

#Haa Alif Kelaa

288 Stories filed
ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ
Thiladhunmathi News

ރޯދައަށް ކަރާ އިންދަން ކެލާއިން 5،000 އަކަފޫޓުގެ ބިން ދޫކުރަނީ

ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ވަގުތީ ގޮތުން ކަރާ އިންދުމަށް، ހއ. ކެލާގެ ދެކުނުކޮޅުން 5،000 އަކަފޫޓުގެ ދަނޑުބިންތަކެއް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި ދަނޑުތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ދެކުނުކޮޅު ވަތަބަނޑޭރި މަގުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ކަމަށެވެ. އަދި މި ބިންތައް ދޫކުރާނީ ކައުންސިލާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން 6 މަސްދުވަހުގެ މުއްދަތަކަށް ކަމަށްވެސް ކައުންސިލުން މަޢުލޫމާތުދެއެވެ. މި...

ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި
Thiladhunmathi News

ބަނދަރަށް ވެލިއަރައި ތިލަވުމުން، ކެލާ ރައްޔިތުންނަށް ވެލި ނަގަން އެއްމަސް ދުވަސް ދީފި

ހއ. ކެލާ ބަނދަރުގެ ސަރަހައްދަކަށް ވެލިއަރައި ތިލަވުމާ ގުޅިގެން، ބަނދަރު ފުންކުރުމުގެގޮތުން އާންމުންގެ ބޭނުންތަކަށް ވެލި ނެގުމުގެ ފުރުސަތު އެއްމަސް ދުވަހުގެ މުއްދަތަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ކެލާ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އެ ރަށު ބަނދަރުގެ އިރުއުތުރު ފަރާތަށް ވެލިއަރައި ތިލަވެފައިވާ ކަމަށެވެ. އަދި އެ ސަރަހައްދު ފުންކުރުމުގެ ގޮތުން، އާންމުންގެ ބޭނުންތަކަށް ވެލި ދޫކުރުމަށް ނިންމާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެ ރަށު ބަނދަރުން ވެލި ބޭނުންވާ...

މަހުގެ އުފެއްދުންތަކުން ކުދި ވިޔަފާރި ފަށަން ކެލާގައި ޚާއްސަ ތަމްރީނެއް
Thiladhunmathi News

މަހުގެ އުފެއްދުންތަކުން ކުދި ވިޔަފާރި ފަށަން ކެލާގައި ޚާއްސަ ތަމްރީނެއް

ހއ. ކެލާގައި އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމާ ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 17 އިން 21 އޮކްޓޯބަރަށެވެ. ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް މިނިސްޓްރީން ބުނީ، އެ ވުޒާރާއިން ކެލާގައި ހިންގި މި ތަމްރީނުގައި ޖުމްލަ 13 މީހަކު ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށ...

ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރާނެ ފަރާތެއް ހޯދަނީ

ހއ. ކެލާގައި ގަހުގެ ނާސަރީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ކެލާ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދަން ހަމަޖެހިފައިވަނީ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މަސައްކަތް ކޮންޓްރެކްޓް އުޞޫލުން އެ ޕްރޮޖެކްޓް ނަގާ ފަރާތުގެ އަމިއްލަ ތަކެތީގައެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 05 އޮކްޓޫބަރު 2026 އިން ފެށިގެން 11 އޮކްޓޫބަރު 2026 ގެ ނިޔަލަށ...

ކެލާގެ ދަނޑުބިންތަކުގެ މަގަށް އަރާ އަލަކޯރުތައް ވަކިކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި
Raajje

ކެލާގެ ދަނޑުބިންތަކުގެ މަގަށް އަރާ އަލަކޯރުތައް ވަކިކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި

ހއ. ކެލާގައި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ މަގުތަކަށް އަރާފައިވާ އަލަކޯރުތަކުގައި ފެންސް ޖަހައިގެން ވަކިކުރުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކުރައްވައިފިއެވެ. ކެލާ ކައުންސިލުން ބުނީ، ދަނޑުވެރިކަމަށް ދޫކޮށްފައިވާ 5،000 އަކަފޫޓުގެ ބިންތަކަށް ވަދެނުކުތުމަށް ކަނޑައަޅާފައިވާ މަގުތައް ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން، މަގަށް އަރާފައިވާ އަލަކޯރުތަކުގެ ބައިތައް ފަސްއަޅައި ފޮރުވާލަން ޖެހޭތީ، އެ ބައިތައް ފެންސް ޖަހ...

މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު
Raajje

މުރައިދޫ ވެޓެރަންސް ވޮލީ: ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ކެލާ އަށް ކާމިޔާބު

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ހޮނިހިރު ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ކެލާ ކާމިޔާބުކޮށްފިއެވެ. މިއަދުގެ މެޗުތައް ވެސް ފެނުނީ ވަރަށް ވާދަވެރުކޮށެވެ. ހަވީރު ކުޅުނު މެޗުގައި ހަނިމާދޫ މުރައިދޫ އަތުން މޮޅުވީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް މުރައިދޫ ވަނީ 17-25 އިން ގެންގޮސްފައެވެ. ބާކީ ސެޓުތައް ހަނިމާދޫ ގެންދިޔައީ […]

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް
Thiladhunmathi News

މުރައިދޫ ވެޓެރަންސް ވޮލީ: ހަނިމާދޫއަށް ތިންވަނަ މެޗު ވެސް ކާމިޔާބު، ފިނޭ އަށް މޮޅެއް

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ ބުރާސްފަތި ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ފިނޭ ކާމިޔާބުކޮށްފިއެވެ. ބުރާސްފަތި ދުވަހު ހަވީރު ފިނޭ އާއި ކެލާގެ ފޯރިގަދަ ކުރިމަތިލުމުގައި ފިނޭ މޮޅުވީ 3-2 ސެޓުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ހަނިމާދޫ އާއި ވަށަފަރެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި ނަތީޖާ އަށް ބަލާއިރު […]

މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ
News

މުރައިދޫ ވެޓެރަންސް ވޮލީ: މުރައިދޫ ފުރަތަމަ މޮޅު ހޯދިއިރު ވަށަފަރު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ

ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ” މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026″ގެ އިއްޔެގެ މެޗުތައް ވަށަފަރާއި މުރައިދޫ ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު ކުޅުނު މެޗުގައި ވަށަފަރު ވަނީ ފިނޭ 3-1 ސެޓުން ބަލިކޮށްފައެވެ. މިއީ ވަށަފަރުގެ ދެވަނަ މެޗެވެ. އެ ޓީމު ވަނީ ދެ މެޗުން ވެސް މޮޅުވެފައެވެ. ވަށަފަރުގެ މެޗާއެކު ފިނޭ އަށް ތިން މެޗު ކުޅެވިފައިވާއިރު އެ ޓީމު […]

މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި
Thiladhunmathi News

މުރައިދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ކެލާ ބަނދަރު އަޕްގްރޭޑްކޮށް މަސްވެރިކަމުގެ މަސައްކަތަށް ބިން ހިއްކަން ހަވާލުކޮށްފި

ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢާއި، ހއ. ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއެކު މަސްވެރިކަމުގެ ވަސީލަތް ބިނާކުރުމަށް ބިން ހިއްކުމާއި، ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމާއި އަދި ދ. ބަނޑިދޫ ބަނދަރު ފުންކުރުމާއި ޖެޓީ ތަރައްޤީކުރުމުގެ މަޝްރޫޢުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާ...

ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް
Thiladhunmathi News

ކާރިސާތަކަށް އިޖާބަދިނުމަށް ކެލާގައި ހާއްސަ ތަމްރީނުތަކެއް

ކުއްލި ހާލަތްތަކުގައި އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ހއ. ކެލާގައި ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމު (ސާޓް) އަށް ހާއްސަ ތަމްރީނުތަކަކާއި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ އަމަލީ ތަމްރީނު ފަރިތަކުރުންތަކެއް ކުރިއަށް ގެންގޮސްފިއެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ތަމްރީނުތަކަކީ، އެ އިދާރާގެ “ކޮމިއުނިޓީ-ބޭސްޑް ރެސިލިއަންސް ބިލްޑިންގ” (ސީބީއާރުބީ) ޕްރޮގްރާމްގެ ދަށުން ހިންގުނު ހަރަކާތްތަކެކެވެ. މި ޕްރޮގްރާމް ކުރިއަ...

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި
Thiladhunmathi News

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި

ހއ. ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި “ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރާއި، އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށްފައިވާ “ދަނޑުވެރި ނަފާ” ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ...

ކެލާގައި މަގު ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ
Thiladhunmathi News

ކެލާގައި މަގު ކޮންނަނިކޮށް މީހެއްގެ ގަޔަށް ފާރެއް ވެއްޓި ބޮޑެތި އަނިޔާތަކެއް ވެއްޖެ

ހއ. ކެލާގެ މަގުހެދުމުގެ މަޝްރޫއުގައި ކޭބަލް ހޮޅި ވަޅުލުމަށް މަގު ކޮންނަމުން ދަނިކޮށް، ހަ ފޫޓުގެ ބާ ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެ އެވެ. މިއަދު ހެނދުނު ހިނގި މިހާދިސާ ގައި އަނިޔާވެފައިވަނީ، އެރަށުގެ އުމުރުން 60 އަހަރުން މަތީގެ ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މިއަދު ހަވީރު ވަނީ ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެރަށުން ވާހަކަ ދެއްކި މީހާކު […]

ކެލާ ފަޅުގައި ރިސޯޓުތަރައްގީ ކުރުމަށް މޮޑިއުލްއަށް ބަދަލުގެނެސް އަލުން ބީލަމަށް ހުޅުވާލަނީ
Thiladhunmathi News

ކެލާ ފަޅުގައި ރިސޯޓުތަރައްގީ ކުރުމަށް މޮޑިއުލްއަށް ބަދަލުގެނެސް އަލުން ބީލަމަށް ހުޅުވާލަނީ

ހއ.ކެލާ ފަޅުގައި ދެ ރިސޯޓު ތަރައްގީކުރުމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުތަކުގެ ދަށުން އެދެވޭ ތަރުޙީބެއް ނުލިބުމުން މޮޑިއުލް ބަދަލުކޮށް އަލުން ބީލަމަށް ހުޅުވާލަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. އަމީން މިފަދައިން ވިދާޅުވެފައި ވަނީ ކެލާ ފަޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ކެލާ ދާއިރާގެ މެމްބަރު ޢަބުދުﷲ ޝަރީފް ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނި...

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް
Thiladhunmathi News

ކެލާގެ ފުރަތަމަ ހާފިޒު ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހް

ކީރިތި ޤުރުއާން ހިތުދަސްކުރައްވައި، އުމުރުން އެންމެ 13 އަހަރުގައި ހާފިޒުކަމުގެ ސަނަދު ހާސިލުކުރި ހއ. ކެލާ، ދޭލިޔާގެ، ޢަބްދުﷲ ޢައްޔާޝް އިބްރާހީމް ޝާހްއާ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނީ، ޢަބްދުﷲ ޢައްޔާޝް ހޯދި މި ފުރިހަމަ ކާމިޔާބީއާ ގުޅިގެން ވަޒީރު އޭނާއާ ބައްދަލުކުރައްވައި، އެ މަތިވެރި މަސައްކަތް ފާހަގަކުރައްވާފައިވާ ކަމަށެވެ. ޢައްޔާޝްއަކީ ހއ. ކެލާ އަށް އުފ...

ކެލާ ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީ އަށް
Thiladhunmathi News

ކެލާ ޑަބްލިޔުޑީސީގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީ އަށް

މިއަދު ބޭއްވި ލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސްގެ މަގާމު ޕީއެންސީން ކާމިޔާބުކޮށްފިއެވެ. ކެލާގައި ދެވަނަ ބުރު ބާއްވާފައި ވަނީ 4 އޭޕްރިލްގައި ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެލާ ޑަބްލިޔުޑީސީގެ ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓުން އެއްވަރުވުމުންނެވެ. އެ މަގާމަށް ވާދަކުރީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމް އާއި ޕީޕަލްސ...