ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026"ގެ ބުރާސްފަތި ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ފިނޭ ކާމިޔާބުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ފިނޭ އާއި ކެލާގެ ފޯރިގަދަ ކުރިމަތިލުމުގައި ފިނޭ މޮޅުވީ 3-2 ސެޓުންނެވެ.

Ad
rt

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނީ ހަނިމާދޫ އާއި ވަށަފަރެވެ. މި މެޗު ހަނިމާދޫ ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި ނަތީޖާ އަށް ބަލާއިރު ފިނޭ މި މުބާރާތުގައި ތިން މެޗުން ދެ މޮޅު ހޯދާފައެވެ. ހަނިމާދޫ ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. ވަށަފަރު ވަނީ ކުރީ ދެ މެޗުން މޮޅުވެފައެވެ. ކެލައަށް އަދި މޮޅެއް ނުލިބެއެވެ.

މި މުބާރާތުގައި ހުކުރު ދުވަހުގެ މެޗުތަކުގައި ހަވީރު ކުޅުދުއްފުށީ ސިޓީ ނުކުންނާނީ ބާރަށާއި ދެކޮޅަށެވެ. ރޭގަނޑު އޮންނާނީ ފިއްލަދޫ އާއި ނޮޅިވަރަމްގެ ކުރިމަތިލުމެކެވެ.

މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވެއެވެ.