ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026"ގެ އިއްޔެގެ މެޗުތައް ވަށަފަރާއި މުރައިދޫ ކާމިޔާބުކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ވަށަފަރު ވަނީ ފިނޭ 3-1 ސެޓުން ބަލިކޮށްފައެވެ. މިއީ ވަށަފަރުގެ ދެވަނަ މެޗެވެ. އެ ޓީމު ވަނީ ދެ މެޗުން ވެސް މޮޅުވެފައެވެ. ވަށަފަރުގެ މެޗާއެކު ފިނޭ އަށް ތިން މެޗު ކުޅެވިފައިވާއިރު އެ ޓީމު މޮޅުވީ އަދި އެންމެ މެޗަކުންނެވެ.
މި މުބާރާތުގައި ރޭގެ މެޗުގައި މުރައިދޫ ކެލާ އަތުން 3-1 ސެޓުން ހޯދި މޮޅާއެކު މުބާރާތުގެ ފުރަތަމަ މޮޅުވަނީ ހޯދާފައެވެ. މި މޮޅު ހޯދިއިރު އެޓީމުގެ ފުރަތަމަ ދެ މެޗުން ވަނީ ބަލިވެފައެވެ. މިއީ ކެލާގެ ދެވަނަ މެޗެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުން ބަލިވެފައެވެ.
މި މުބާރާތުގެ މިއަދުގެ މެޗުތަކުގެތެރެއިން ހަވީރުގެ މެޗުގައި ކުޅޭނީ ނޮޅިވަރަމާއި ދިއްދޫ އެވެ. ރޭގަނޑު މެޗުގައި ކުޅޭނީ ކުޅުދުއްފުށީ ސިޓީއާއި ފިއްލަދޫ އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް ސެޕްޓެމްބަރު 13ގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!