މިއަދު ބޭއްވި ލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުގައި ހއ. ކެލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ރައީސްގެ މަގާމު ޕީއެންސީން ކާމިޔާބުކޮށްފިއެވެ.
ކެލާގައި ދެވަނަ ބުރު ބާއްވާފައި ވަނީ 4 އޭޕްރިލްގައި ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެލާ ޑަބްލިޔުޑީސީގެ ރައީސް ކަމަށް ވާދަކުރި ދެ ކެންޑިޑޭޓުން އެއްވަރުވުމުންނެވެ. އެ މަގާމަށް ވާދަކުރީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް މަހުދިއްޔާ އާދަމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ޙައްވާ ފަޒުނާ އެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި މި ދެ ކެންޑިޑޭޓުން އެއްވަރުވެފައި ވަނީ ކޮންމެ ކެންޑިޑޭޓަކަށް 587 ވޯޓު ލިބިގެންނެވެ.
މިއަދުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް މައްޗަށް ކުރި ހޯދައި ޕީއެންސީގެ ފަޒުވާ ވަނީ ގޮނޑި ކަށަވަރުކޮށްފައެވެ.
މިއަދުގެ އިންތިޚާބުގައި ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑި ވެސް ކާމިޔާބޔުކުރީ ޕީއެންސީގެ ކެންޑިޑޭޓު ފާޠިމަތު ރިއުޒާއެވެ.
ލ. މާވަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ ގޮނޑި ވެސް ކާމިޔާބުކުރީ ޕީއެންސީގެ ފާތިމަތު ޝާފިޔާއެވެ.
މިއަދުގެ ވޯޓުގައި ފުވައްމުލައް ސިޓީ ދަނޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް އިންތިޚާބުވީ އަމިއްލަގޮތުން ވާދަކުރި ޝީޒާ އިބްރާހީމެވެ. ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އައިމިނަތު ރަފާޙްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!