ހއ. މުރައިދޫގެ ނިޔާ އެކަޑެމީއާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ " މަންތާ އެއަރ މުރައިދޫ ވެޓެރަންސް އިންވިޓޭޝަނަލް ވޮލީ ބޯލް ޓޯނަމެންޓް 2026"ގެ ހޮނިހިރު ދުވަހުގެ މެޗުތައް ހަނިމާދޫ އާއި ކެލާ ކާމިޔާބުކޮށްފިއެވެ.

މިއަދުގެ މެޗުތައް ވެސް ފެނުނީ ވަރަށް ވާދަވެރުކޮށެވެ. ހަވީރު ކުޅުނު މެޗުގައި ހަނިމާދޫ މުރައިދޫ އަތުން މޮޅުވީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓް މުރައިދޫ ވަނީ 17-25 އިން ގެންގޮސްފައެވެ. ބާކީ ސެޓުތައް ހަނިމާދޫ ގެންދިޔައީ 25-22، 20-25 އަދި 25-23 އިންނެވެ.

Ad
d

ރޭގަނޑު ކުޅުނު މެޗުގައި ކެލާ ވަނީ 4-1 ސެޓުން ވަށަފަރު ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ދެ ސެޓް ގެންދިޔައީ 25-13، 25-21 އިން ކެލައެވެ. ތިންވަނަ ސެޓް ވަށަފަރުވަނީ ވާދަވެރި ކުޅުމަކަށްފަހު 25-23 އިން ކާމިޔާބުކޮށްފައެވެ. ހަތަރު ވަނަ ސެޓް ކެލާގެ މައްޗަށް ބުރަވީ 25-14 އިން ކުރި ހޯދުމުންނެވެ.

މި މުބާރާތުގައި ދެން އޮނާނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކެވެ. އާދީއްތަ ދުވަހު ހަވީރުކުޅޭ މެޗުގައި ދިއްދޫ ނުކުންނާނީ ފިއްލަދޫ އާއި ދެކޮޅަށެވެ. ރޭގަނޑުގެ މެޗުގައި އޮންނާނީ ނޮޅިވަރަމާއި ބާރަށުގެ ކުރިމަތިލުމެކެވެ.

މި މުބާރާތުގައި ހއ. އަދި ހދ އިން ޖުމްލަ 10 ރަށުން ބައިވެރިވެފައިވެއެވެ.

އެއީ: ހދ. އަތޮޅުން ހަނިމާދޫ، ފިނޭ، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީ އެވެ. ހއ. އަތޮޅުން ވަށަފަރު، ދިއްދޫ، މުރައިދޫ، ކެލާ، ފިއްލަދޫ އަދި ބާރަށެވެ.

Ad
df

މި މުބާރާތުގެ ޗެމްޕިއަންޓީމަށް 10،000ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމަށް ކަނޑައަޅާފައިވަނީ 5000ރުފިޔާގެ ފައިސާގެ އިނާމެވެ.