ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް، "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026"ގެ ހއ.އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ.

ހއ. އަތޮޅަކީ ފުޓްސަލްގައި ވަރުގަދަ ޓީމުތަކެއް ފެންނަ އަތޮޅެއްނަމަވެސް އެ އަތޮޅުން މި މުބާރާތުގައި ބައިވެރިވީ އިހަވަންދޫ އާއި ފިއްލަދޫ އެކަންޏެވެ. އެހެންވެ އެއަތޮޅު މުބާރާތުގައި ކުޅުނީ އެންމެ މެޗެކެވެ.

Ad
d

ހއ.އަތޮޅުން މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ލިބުނީ އިހަވަންދޫއަށެވެ. އިހަވަންދޫގައި ރޭ ކުޅުނު އިހަވަންދޫ އާއި ފިއްލަދޫ ބައްދަލުކުރި މެޗު އިހަވަންދޫއިން ކާމިޔާބުކުރީ 5-0 އިންނެވެ. އެހެންވެ އިހަވަންދޫ އަށް ވަނީ މުބާރާތުގެ ޗެމްޕިއަންކަން ލިބިފައެވެ. ދެން މިދެޓީމަށް އޮންނާނީ ޒޯން ބުރެވެ.

ފާހަގަކޮށްލެވޭގޮތުގައި އެފްއޭއެމް އިން މިއަހަރު އަލަށް ފެށި އެޓޯލް ޗެމްޕިއަންޝިޕް 2025/26 ފުޓްބޯޅައިގެ ހއ. މުބާރާތުގައި ވެސް ވާދަކުރީ ދެ ޓީމެވެ. އެއީ އިހަވަންދޫ އާއި ދިއްދޫއެވެ.

ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑު މިހާރު ތަރުތީބުކުރެވިފައިވާ އުސޫލުން، ހަތަރު ރީޖަނަކަށް ބަހާލައިގެން އެފްއޭއެމް އިން ބާއްވާ މި މުބާރާތް ވެސް ވަނީ ހަތަރު ރީޖަނަންއަކަށް ބަހާލާފައެވެ. އެއީ އެޓޯލް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ވެސް ކުރިއަށް ގެންދިޔަ ގޮތަށެވެ. އެ ރީޖަންތަކަކީ:

Ad
df
  • ނޯތު ރީޖަން: ހއ، ހދ، ށ، ނ، ރ، ބ، ޅ އަދި ކުޅުދުއްފުށި ސިޓީ.
  • ސެންޓްރަލް ރީޖަން: ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅު.
  • ސައުތު ރީޖަން: ތ، ލ، ގއ، ގދ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ.
  • މާލެ ރީޖަން: މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ކްލަބްތައް (ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން).

ކޮންމެ ރީޖަނެއްގެ ޗެމްޕިއަން ޓީމު އެފްއޭއެމްގެ ފުޓްސަލް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. އަދި، ކޮންމެ ރީޖަނެއްގެ ޗެމްޕިއަަންގެ މެދުގައި މުބާރާތެއް ކުޅުމަށް ފަހު ރާއްޖޭގެ ޗެމްޕިއަން ޓީމު ކަނޑައެޅޭނެ އެވެ. އަދި، ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާ ހަތަރު ޓީމު، 2027 ވަނަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅޭނެ އެވެ.