ހއ. އިހަވަންދޫ ސްކޫލްގެ ދަރިވަރަކު، މިދިޔަ އަހަރު ބޭއްވި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދައި، އެ ސްކޫލަށާއި އިހަވަންދޫ އަށް ބޮޑު ފަޚުރެއް ހޯދައިދީފިއެވެ.
މި މަތީ ކާމިޔާބީ ހޯދާފައިވަނީ އިހަވަންދޫ، އަރާވިލާ، އަޙްމަދު ނަބާޙް އެވެ.
ނަބާޙް ހޯދި މި ކާމިޔާބީއާ ގުޅިގެން އިހަވަންދޫ ސްކޫލުން ވަނީ އެ ދަރިވަރަށް މަރުޙަބާ ކިޔައި، އެއީ ސްކޫލަށް ލިބުނު ނުހަނު ރީތި ނަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
އިހަވަންދޫ ސްކޫލުން ބުނި ގޮތުގައި، ނަބާޙް މި ހޯދި ކާމިޔާބީއަކީ އޭނާ ދެއްކެވި ނަމޫނާ ހިތްވަރާއި ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއެވެ.
ސްކޫލުން ވަނީ ނަބާޙްގެ މުސްތަޤުބަލަށް ކާމިޔާބީއަށް އެދި ދުޢާކޮށްފައެވެ.
މީގެ އިތުރުން، މި ޝަރަފުގެ ޙަޤީޤީ ބައިވެރިން ކަމުގައިވާ ނަބާޙްގެ ބެލެނިވެރިންނަށާއި، އޭނާއަށް ކިޔަވައިދެއްވި މުދައްރިސުން ކުރެއްވި އިޚްލާޞްތެރި މަސައްކަތް ފާހަގަކޮށް، ސްކޫލްގެ ފަރާތުން އެ ފަރާތްތަކަށް ވެސް ވަނީ ޝުކުރާއި ތަހުނިޔާ އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!