Skip to main content
Topic Archive

#ފެނަކަ ކޯޕަރޭޝަން

306 Stories filed
ފެނަކައިގެ ޕްރޮކިއުމަންޓްގެ ކުރީގެ ހެޑް އެއް އަހަރާއި ހަތް މަހަށް ޖަލަށް
News

ފެނަކައިގެ ޕްރޮކިއުމަންޓްގެ ކުރީގެ ހެޑް އެއް އަހަރާއި ހަތް މަހަށް ޖަލަށް

ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ވެރިޔާ މަރިޔަމް ދީނާ ސާލިހް އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލާގައި ދީނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު […]

ތެލުގެ ޚަރަދުން އަހަރަކު 180 މިލިއަން ސަލާމަތްވާނެ 15 މެގަވޮޓުގެ ސޯލާ މަޝްރޫޢުގައި ސޮއިކޮށްފި
Business

ތެލުގެ ޚަރަދުން އަހަރަކު 180 މިލިއަން ސަލާމަތްވާނެ 15 މެގަވޮޓުގެ ސޯލާ މަޝްރޫޢުގައި ސޮއިކޮށްފި

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހިންގާ “އެކްސެލަރޭޓިންގ ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ” (އެރައިޒް) މަޝްރޫޢުގެ ދަށުން، 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫޢު ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެއެވެ. އެރައިޒް މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގައި ސޮއިކޮށްފައިވަނީ ޕަވަރ ޕަރޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެނ...

ފެނަކައިން ދެމުންދިޔަ ހއ. އަތޮޅުގެ ކަރަންޓު ޚިދުމަތާ ރަސްމީކޮށް ސްޓެލްކޯ އިން ހަވާލުވެއްޖެ
Business

ފެނަކައިން ދެމުންދިޔަ ހއ. އަތޮޅުގެ ކަރަންޓު ޚިދުމަތާ ރަސްމީކޮށް ސްޓެލްކޯ އިން ހަވާލުވެއްޖެ

ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުން އައި ކަރަންޓުގެ ޚިދުމަތްތަކާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް ހަވާލުވެ، އެ ޚިދުމަތް ދޭން ފަށައިފިއެވެ. ސްޓެލްކޯއިން ބުނީ، ރައީސްގެ ނިންމެވުމާ އެއްގޮތަށް ހއ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މިހާރު އެ ކުންފުނިން ރަސްމީކޮށް ހަވާލުވެފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ރަސްމީކޮށް ފަށައިގަނެ، ކުރިއަށް ގެންދާ ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ. ޚިދުމަތާ ހަވާލުވުމަށްފަހ...

ފެނަކައިގެ އެކްޓިން އެމްޑީއަކަށް ޑރ. އަޒުވަރު، ބޯޑަށް ނިޒާމް އައްޔަންކޮށްފި
Business

ފެނަކައިގެ އެކްޓިން އެމްޑީއަކަށް ޑރ. އަޒުވަރު، ބޯޑަށް ނިޒާމް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނިޒާމް އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ފެނަކަ ކޯޕަރޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރު ހަމަޖައްސާފައިވާ ކަމަށެވެ. މީގެއިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް، ހ. ހުދުރިޔާ، އިބްރާހިމް ނ...

ފެނަކައިގެ އެމްޑީ ކަމުން އަފީފު ވަކިކޮށްފި
Business

ފެނަކައިގެ އެމްޑީ ކަމުން އަފީފު ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު އަފީފު ހުސައިން އެ މަޤާމުން ވަކިކޮށްފިއެވެ. އަފީފު އެ މަޤާމުން ވަކިކޮށްފައިވާ ކަން ކަށަވަރުކޮށްދެމުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުންނާއި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން މއ. ވޭސްސައިޑް، 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަހަރު...

ފެނަކައާއި އާރުޑީސީ އުވާލައި، ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރަނީ
Raajje

ފެނަކައާއި އާރުޑީސީ އުވާލައި، ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރަނީ

ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނިތަކުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ނިންމަވާފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ދަށުން ދެމުންދިޔަ ޔޫޓ...

ޚަރަދު ކުޑަކުރަން ފެނަކައިން ހުޅުވާލި ޕެކޭޖުގެ ދަށުން 107 މުވައްޒަފަކު ވަކިވެއްޖެ
Business

ޚަރަދު ކުޑަކުރަން ފެނަކައިން ހުޅުވާލި ޕެކޭޖުގެ ދަށުން 107 މުވައްޒަފަކު ވަކިވެއްޖެ

ފެނަކަ ކޯޕޭރޭޝަންގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މުވައްޒަފުން މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުވާލި ޚާއްސަ ޕެކޭޖާއެކު މިހާތަނަށް 107 މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކައިން ބައެއް މީޑިއާތަކަށް ބުނީ، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު، އެ ޕެކޭޖު އިޚްތިޔާރުކޮށްގެން 107 މުވައްޒަފަކު ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ. އަމިއްލައަށް ވަކިވާނ...

ޅައިމަގު ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފި
Thiladhunmathi News

ޅައިމަގު ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފި

ށ. ޅައިމަގު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް އެއްވެސް ސަބަބެއްނެތި ވަކި ކުރިކަމަށްބުނެ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފިއެވެ. މިކަމާގުޅިގެން ޅައިމަގު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ، ތަޖުރިބާ ހުރި، ޤާބިލް މުވައްޒަފުންތަކެއް ހަރުދަނާ އެއްވެސް ސަބަބެއް ނެތި، އަދި ސުލޫކީ އެއްވެސް ފިޔަވަޅެއް އެޅުމަކާނުލައި، ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި ވަޒީފާއިން އެ ފަރާތްތައް ވަކި ކުރުމުން އެ ކަަ...

ކޮމަންޑޫ އަދި ފީވަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުން
Thiladhunmathi News

ކޮމަންޑޫ އަދި ފީވަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުން

ށ. ކޮމަންޑޫ އަދި އެ އަތޮޅު ފީވަކުގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން އެ ދެރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، ފީވަކު ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބަޔާންކޮއްފައިވާ ގޮތުގައި، 27 އޯގަސްޓް 2026ވަނަ ދުވަހުގެ ރޭ އެ ރަށު ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ ހަތް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ހަމައެފަދައިން 31 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، ކޮމަންޑޫ ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 10...

ފޯކައިދޫ ފެނަކަ ބްރާންޗްގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ކައުންސިލުން ކުއްވެރިކޮއްފި
Thiladhunmathi News

ފޯކައިދޫ ފެނަކަ ބްރާންޗްގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ކައުންސިލުން ކުއްވެރިކޮއްފި

ށ.ފޯކައިދޫ ފެނަކަ ބްރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، ފޯކައިދޫ ކައުންސިލުންވަނީ ނެރުނު ނޫސްބަޔާނެއް ގައި ބުނެފައި ވަނީ 30 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، އެރަށު ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ފޯކައިދޫ ކައުންސިލުން ވަނީ އެއީ ކުންފުނި ރައިޓްސައިޒްކުރުމުގެ ނަމުގައި އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ބަލިކަށިކޮއްލުމަށް ވަކި ބަޔަކަށް އަމާޒ...

މާރަންދޫ ފެނަކަ ބުރާންޗުގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ކައުންސިލުން ކުށްވެރިކޮށްފި
Thiladhunmathi News

މާރަންދޫ ފެނަކަ ބުރާންޗުގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ކައުންސިލުން ކުށްވެރިކޮށްފި

އެއްވެސް އިންޒާރަކާއި ނުލައި ކުއްލި ގޮތަކަށް ހއ. މާރަންދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ މީހުންގެ އާއިލާތައް ބިކަކޮށްލިކަމަށް ބުނެ މައްސަލަ އެ ރަށު ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މާރަންދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއްވެސް އިންޒާރަކާ ނުލައި 27 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން 13 އާއިލާއެއް މަގުމަތިވެ، ބިކަވެފައިވާ ކަމަށެވެ. މިއީ އެ ކައުންސިލުން […]

ހަނިމާދޫ އަށް އައު ޖެންސެޓެއް، ހޯރަފުއްޓާއި މިލަންދޫ އަށް އައު ޖަނަރޭޓަރު ފޮނުވައިފި
Thiladhunmathi News

ހަނިމާދޫ އަށް އައު ޖެންސެޓެއް، ހޯރަފުއްޓާއި މިލަންދޫ އަށް އައު ޖަނަރޭޓަރު ފޮނުވައިފި

ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ހދ. ހަނިމާދޫ، ހއ. ހޯރަފުށި އަދި ށ. މިލަންދޫއަށް އައު ޖަނަރޭޓަރު ސެޓުތަކެއް ފޮނުވައިފިއެވެ. ފެނަކައިން މައުލޫމާތު ދިން ގޮތުގައި، ހދ. ހަނިމާދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި އެ ރަށަށް ވަނީ 1200 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފައެވެ. މިއާއެކު، ކުރިން 3500 ކިލޯވޮޓުގައި ހުރި އެ ރަށު އިންޖީނުގޭގެ ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން، މި ޖެންސެޓް ބޭނުންކުރަން ފެށުމުން 4400 ކިލޯވޮޓަށް މަތިވެގ...

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ
Thiladhunmathi News

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ނިމިއްޖެ

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމައި، އެ ނިޒާމުތައް ޓެސްޓްކޮށް ކޮމިޝަންކޮށްފިއެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ އަމަލީ މަސައްކަތް މުޅިން ނިންމާލުމަށްފަހު ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފައި ވަނީ 13 އޮގަސްޓު 2026ގައެވެ. ފެނާއި ނަރުދަމާ ނިޒާމު ޓެސްޓްކޮށް ކޮމިޝަން ކުރުމުގެ މި ހަރަކާތުގައި، މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުނ...

ފެނަކައާ ދެކޮޅަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި ދައުވާ ކާމިޔާބެއްނުވި
Thiladhunmathi News

ފެނަކައާ ދެކޮޅަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި ދައުވާ ކާމިޔާބެއްނުވި

ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭގޮތުން އެރަށު ސިޓީ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ފެނަކަ ކޯޕަރޭޝަނުން އިންކާރުކުރި މައްސަލާގައި ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި ކުރި ދައުވާ ނާކާމިޔާބުވެއްޖެ އެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދައުވާކުރީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ކައުންސިލާއެކު އެއްބަސްވުމެއް ހެދުމަށް ފެނަކައިން އިންކާރުކޮށްފައިވާތީ އެވެ...

ފެނަކައިގެ އެމްޑީގެ މަގާމަށް އަފީފު ޢައްޔަނުކޮށްފި
Raajje

ފެނަކައިގެ އެމްޑީގެ މަގާމަށް އަފީފު ޢައްޔަނުކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މއ. ވޭވްސައިޑް 304 ފްލެޓް، މުޙައްމަދު އަފީފު ހުސެއިން ޢައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައިވާ ގޮތުގައި، މުޙައްމަދު އަފީފު ހުސެއިން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ 27 އެޕްރިލް 2026 ވަނަ ދުވަހުން ފެށިގެންނެވެ. އަފީފް އެންމެފަ ހުން ހުންނެވީ އެމްޓީސީސީގެ ޗެއާމަންގެ މަގާމުގަ އެވެ. އޭގެ ކުރިން ސްޓެލްކޯ އާއި ފ...